ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުޖާއު އަނެއްކާވެސް ބާރަށު ދާއިރާއަށް!

ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ނައިބުރައީސް އިބްރާޙިމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ގޮންޑިއަށް ވާދަކުރަން ނިންމަވައިފިއެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާނުކުރެއްވީ ޝުޖާއުގެ އަމިއްލަ ޓްވިޓަރ އެކައުންޓު މެދުވެރިކޮށެވެ. އޭނާ ވިދާޅުވީ، ވާދަކުރަން ނިންމަވާފައިވާކަމަށާއި އެހެންކަމުން އެ މަސައްކަތްތަކުގައި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ދެއްވުމަށް އިހުލާސްތެރިކަމާއިއެކު އެދިވަޑައިގަންނަވާކަމަށެވެ.

ޝުޖާއު 2024 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި ބާރަށް ތަމްސީލުކުރެއްވުމަށް ނުކުމެ ހުންނެވިކަން ހާމަކުރެއްވިއިރު، އޭނާއަކީ މީގެ ކުރިންވެސް އެ ދާއިރާގެ މެމްބަރުންކަން ކުރައްވާފައިވާ މީހެކެވެ. އޭނާއަކީ މިވަގުތު މާލެ ސިޓީ ކައުންސިލުގައި ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރެކެވެ. އޭނާވަނީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުއާއި އެކު މާލެ ސިޓީ ކައުންސިލުގައި ގާތުން މަސައްކަތްކުރައްވާފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: