ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެނާތައް ނަގާފަރާތްތަކަށް ދައުވާ ކުރާނަން!: އާދަމް ޝަރީފް އުމަރު

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބައެއް އިމާރާތްތަކުގައި، އިންޑިއާ ސިފައިން ދިވެހި ފަސްގަންޑުގައި ތިބުމާއި ދެކޮޅައް ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ހަރުކުރެވިފައިވާ “އިނޑިއާ އައުޓް” ބެނާތައް ނެގުމަށް ފުލުހުން އަންގަމުންދާތީ އެކަމާ ނުރުހުންފާޅުކޮށް، ބެނާތައް ނަގަން ނިކުންނަ ފުލުހުންގެ މައްޗަށް ދައުވާކުރާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ މުއައްސަސާގެ ފަރާތުން މި ބެނާތައް ނެގުމަށް ނުކުމެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ މަޖިލީހުގައި އިންނަވައި އެންގި އެންގުމަކައި ގުޅިގެންކަން ފާހަގަކޮށްލެވެއެވެ.

ގޭގެ ބޭރުގައި ޢާއްމުކޮށް ފެންނާނެހެން “އިންޑިޔާ އައުޓް” ޖަހާފައިވާ ބެނާތައް ދަމާފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ ޢަމަލެއްގެ ގޮތުގައި ސިފަވާކަމަށް ބުނެ ފުލުހުންގެ އިދާރާއިންވަނީ ހ.ހުރަފަ ގޭގެ ވެރިފަރާތައް ލިޔުމުން އެ ބެނާތައް ނެގުމަށް އަންގާފައިއެވެ. ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަޤްސަދެއް ހާސިލު ނުވާނެ ނުރައްކާތެރި ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެ، ފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމަށް ބެލެވޭތީ އެ ބެނަރ ނެގުމަށް އަންގާކަމަށެވެ.

މިކަމާއި ގުޅިގެން ޓްވިޓާގެ ޒަރިއްޔާ މެދުވެރިކޮށް ޝަރީފް ވިދާޅުވެފައިވަނ،ީ އިންޑިއާ ސިފައިން ދިވެހި ފަސްގަޑުގައި ތިބުމާއި ދެކޮޅައް ރާވައި ހިންގަމުންދާ “އިންޑިއާ އައުޓް” ހަރަކާތަކީ ހިޔާލު ފާޅުކުރުމުގެ ހައްގު ލިބިގެންވާ މިންގަނޑުގެ ތެރެއިން ކުރިއަށގެންްދާ ކަމަކަށްވާތީ އެ ކެމްޕެއިން “ނުހުއްޓުވޭނެ” ކަމަށެވެ. އަދި ބަނާރތައް ނެގުމަށް ނުކުންނަ ފުލުހުން ހިނގާ ގާނުނާއި ހިލާފު އަމަލުތައް ފާހަގަކޮށް ދައުވާކުރާނެ ކަމަށްވެސް އެނާވަނީ ވިދާޅުވެފައިއެވެ.

މީގެ ކުރިންވެސް ދިވެހި ސަރުކާރުންވަނީ މާލެ ސިޓީގައި ބޭއްވި “އިންޑިއާ އައުޓް” ކެމްޕެއިންގެ ހަރަކާތްތައް ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ބާރުގެ ބޭނުންކޮށްގެން ހުއްޓުމަކަށް ގެނެސްފައިއެވެ. އިދިކޮޅުން ވަނީ މިއަމަލުތައް ކުށްވެރިކޮށް މިފަދައިން ސަރުކާރުން އަމަލުކަރަށްވަނީ އިންޑިއިން ނުފޫޒު ފޯރުވުމުގެ ސަބަބުންކަމަށް ތުހުމަތުކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: