ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުން ސަރުކާރު ވައްޓާލަން ބޭނުން ނުވާނެ: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެނބަރުން ސަރުކާރު ވައްޓާލާކަށް ބޭނުން ނުވާނެ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެނބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 14 ގައި ބައްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފޯރިގަދަވެ ދެ ކެނޑިޑޭޓުންގެ މެދުގައި ވެސް ބަހުގެ ހަމަލާތައް ދަނީ އަމާޒު ކުރަމުންނެވެ. ވާދަވެރިކަން އުފެދިފައިވާ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެކު ދެން ވާދަ ކުރަައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ޕާޓީގެ އެތެރޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަރުކާރާއި އެއްކޮޅު އަދި ސަރުކާރާއި ދެކޮޅު ފެކްޝަނެއް އުފެދިފައި ވުމެވެ. ވެރިކަމަށް އައިސް މިވީ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށް އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބުގައި ފައްޔާޒަށް ތާއީދު ކުރައްވާ ނިހާދު ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީގެ މެމްބަރުން، 2012 ވަނަ އަހަރު އެޕާޓީ އަތުން ވެރިކަން ގެއްލުމާއި ގުޅިގެން އެތައް ވޭނެއް ތަހައްމަލު ކުރުމަށްފަހު، ބުރަ މަސައްކަތާއެކު އިންތިހާބުކޮށް ވުޖޫދަށް ގެނައި ސަރުކާރެއްކަމަށާއި އެހެން ކަމުން ސަރުކާރު ވައްޓާލައި އެފަދަ ދުވަސްތަކެއް އަނބުރާ އައިސްދާނެ ފަދަ ގޮތަކަށް އެޕާޓީގެ މެނބަރުން އަމަލު ކޮށްފާނެކަމަށް އެނާ ގަބޫލު ނުކުރަށްވާ ކަމަށެވެ.

 

އެތެރޭގެ އިންތިހާބެއްގައި އެމްޑީޕީގެ މެނބަރުން މި ސަރުކާރު އެކި ވަރުގެ އިހުމާލުތައް ވެފައިވާކަމަށް ބުނެ ކެބިނެޓްގައި ތިއްބަވާ މިނިސްޓަރުންގެ ބޮލުގައި އެކި ވަރުގެ އިންޒާމުތައް އަޅުވަމުންދާތީ އިދިކޮޅު ޕާޓީން ވެސް ދަނީ ސަރުކާރު ހިންގަން ގޮވާލައި ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: