ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިސްޓްރިބިއުޝަން ބޯޑު ހަލާކުވެފައި ވާނަމަ ރިޕޯޓު ކުރައްވާ، ހައްލުކޮށްދޭނަން: ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާރ އަހްމަދު ޝަރީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރުދީ ޒިންމާ އަދާކޮށް އާއްމު ރައްޔިތުންގެ ފަރާތުން ސްޓެލްކޯއަށް ހުށައެޅޭ މައްސަލަތައް ބަލައިދުނުމުގައި ހާޒިރުވެ އެކަންކަން ހައްލުކޮށްދޭނެކަމަށް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެެވެ.

މާލޭގެ ބައެއް މަގުތަކުގައި ހުރި ޑިސްޓްރިބިއުޝަން ބޯޑުތައް ހަލާކުވެ، އާއްމުންނަށް ގެއްލުމެއް ވެދާނެ ގޮތަކަށް ހުރުމުމް މީގެ ކުރިން ވެސް އެކަން ސްޓެލްކޯގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ. އާއްމުންގެ ފަރާތުން އަންނަ މިފަދަ ޝަކުވާތައް ވަގުތުން ހައްލު ކުރާނެކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ކުންފުނި އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ.

ކަރަންޓު ޑިސްޓްރިބިއުޝަން ބޯޑެއްގެ ދޮރު ހަލާކުވެފައި ހުރުމުން، ޓޭޕު އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް އެކަން ހައްލުކޮށްދޭން އެދި އާއްމުގެ ފަރާތަކުން ކުރި ޓްވީޓަކަށް ޝަރީފު ވިދާޅުވީ މާލޭގައި މިފަދަ 2،000 އަށް ވުރެން ގިނަ ޑިސްޓްރިބިއުޝަން ބޯޑު ހުންނާނެކަމަށާއި އެހެންކަމުން ބޯޑެއް މަރާމާތު ކުރަން ޖެހިފައިވާކަން އެކުންފުނީގެ ސަމާލުކަމަށް ނައިސް ހުރުން އެކަށީގެންވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އާއްމު ރައްޔިތު މީހާއާއި ސްޓެލްކޯއާއި ދެމެދު މިފަދަ މުއާމަލާތްތައް ކުރެވޭނެ މަގު އަދުވެސް އޮންނަނެކަމަށާއި، އެކަމަށް އުފާ ކުރާކަމަށެވެ. އާއްމުންނަށް ދިމާވާ މިފަދަ ދަތިތަކާއި، ފާހަގަ ކުރެވޭ މައްސަލަތައް ރިޕޯޓު ކުރުމުން އެކަން ހައްލު ކުރާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

ނަސީމީ ހިނގުންގައި ހުރި އެ ބޯޑަށް ވަގުތީ ހައްލެއް ސްޓެލްކޯއިން މިހާރު ވަނީ ގެނެސްފަ އެވެ. ބޯޑު ބަދަލު ކުރާ ވަގުތު ދެ ގަޑިއިރަށް އެ ސަރަހައްދުގެ ގެތަކުން ކަރަންޓު ކެނޑޭނެތީ، ބޯޑު ބަދަލު ކުރުމުގެ މަސައްކަތްތައް ރޯދަ މަހަށް ފަހުކުރިޔަށް ގެންދަން ޝެޑިއުލް ކުރެވިފައިވާކަމަށް ޝަރީފް މައުލޫމާތު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: