ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފު ނުލިބި 5 އަހަރު: ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ހާމަކުރަން ގޮވާލައިފި

ބްލޮގާރ ޔާމީން ރަޝީދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް މިވީ ފަސް އަހަރުގެ ތެރޭގައި އެއްވެސް އިންސާފެއް ލިބިފައި ނުވާ ކަމަށާއި އެ މަރުގެ ތަހުގީގު ކުރި ރިޕޯޓު ހާމަކުރަން ޖެހޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިން ބުނެފި އެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން، ރައީސް ސޯލިހު އާއި ސަރުކާރުގެ އިސްވެރިން ބުނަމުން އައީ ރިޟްވާނަށް އިންސާފު ހޯދައިދީ، އެ މަރަށް ފަނޑު ކުރި މީހުން ހޯދާނެ ކަމަށެވެ. އަދި އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި މަޖިލީހުގެ އުނގޫފާރު ދާއިރާ މެމްބަރު ޑރ. އަފްރާޝީމް އަލީއަށް އިންސާފު ހޯދައިދޭނެކަމަށް ބުނެފައިވެއެވެ.

ނަމަވެސް މިއަދާއި ހަމައަށް ވެސް އާއިލާއަށް އެއްވެސް އިންސާފެއް ލިބިފައި ނުވާއިރު، މަރުގެ މައްސަލަތަކާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލަން މި ސަރުކާރުން އުފެއްދި ކޮމިޝަނަށް ހޯދުނު ކުރިއެރުންތަކެއް ނެތެވެ.

ޔާމީންގެ މަރަށް ފަސް އަހަރު ވީއިރު މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވިފައި ނުވާކަން ފާހަގަކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އާއްމު ކުރި ބަޔާނުގައި ބުނީ އިންސާފް ގާއިމްކޮށް ދިނުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި ރަނގަޅު މިންގަންޑަކަށް ކުރަންޖެހޭ ތަހުގީގުތައްކޮށް ޝަރުއީ މަރުހަލާގެ ދަށުން މިފަދަ އަމަލެއް ހިންގުވުމަށް ފަންޑު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ފިޔަވަޅު އަޅައިދޭން ތަކުރާރުކޮށް ގޮވާލާ ކަމަށެެވެ.

އިންސާފު ގާއިމު ކުރުމަށް ގޮވާލައި ޓްރާންޕޭރެންސީން ބުނެފައި ވަނީ އިންސާނަކު މަރާލުން ފަދަ ބޮޑެތި ކުށްތަކުގައި ޝާމިލުވެފައިވާ މީހުންނާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅިދިއުން ހުއްޓުމަކަށް ގެނައުމަށް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި ސަރުކާރުން އުފައްދާފައިވާ މަރުތަކާއި ބެހޭ ކޮމިޝަނުން ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ހަދާފައިވާ ތަހުގީގު ރިޕޯޓް ހާމަކޮށް އާމުކުރުމަށް ގޮވާލާ ކަމަށެވެ.

 

ޓްރާންސްޕެރެންސީއިން ބުނެފައިވަނީ ޔާމިން ފަދައިން އެމުއައްސަސާއިންވެސް އިންސާފާއި، އިންސާނީ ހައްގުތަކާއި، ހަމަހަމަކަމާއި އެއްކޮޅަށް އަދި ކޮރަޕްޝަން ފަދަ އަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: