ހުޅުމާލޭގެ ދެ ސަރަހައްދަކުން ޖުމްލަ 70 ޕާކިން ޖާގަ ކުއްޔަށް ދުކުރަން ކަނޑައަޅައި، ބީލަން ހުށައެޅުމުގެ ފުރުސަތު ހައުސިން ޑިވެލްޕްމެންތް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގައި އުޅޭ މީހުންނަށް ފަސޭހަ އަދި ހަމަހަމަ އުސޫލަކުން ވެހިކަލް ޕާކު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އެ ކުންފުނިން 70 ޖާގަ ކުއްޔަށް ދޫކުރަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެގްޒިބިޝަން ސެންޓަރ އަދި އެޗްޑީސީއަށް ފޯމު ހުށައެޅަމުން ގެނދެވޭނެކަމުގައި އެޗްޑީސީން ވަނީ އިއުލާނުކޮށްފައެވެ. ބީލަން ފޯމު ހުށައެޅުން އޮންނަނީ 11:15 ގައެވެ. ނަމަވެސް ފޯމު ހުށައެޅުމަށްޓަކައި މުއްދަތު ހަމަވާނެ ތާރީހު އަދި އެޗްޑީސީން ހާމަކޮށްފައެއްނުވެ އެވެ.
އިސްލާހުކުރެވިފައިވާ ޢިއުލާނު – އެޗް.ޑީ.ސީގެ ޕެއިޑް ޕާކިންގ ސްލޮޓް ތަކަށް ކުރިމަތިލުމާ ގުޅޭ
އިތުރު މަޢުލޫމާތު: https://t.co/V5XdLHmX47
— HDC (@hdcmaldives) April 25, 2022
ކާރު ޕާކުކުރުމަށް ޖާގަ ދޫކުރަން ހަމަޖެހިފައިވާ ދެ ސަރަހައްދަކީ ފެރީ ޓާމިނަލް ކައިރިން ”ފިތުރޯނު ޕާކިން“ އިން 50 ޖާގަ އަދި ރެޑްވޭވް މެގަމޯލް ކައިރިން ”އުނިމާ ޕާކިން“ އިން 20 ޖާގަ އެވެ. ހުޅުމާލެއިން ޕާކިން ސްލޮޓް ދޫކުރަން އެޗްޑީސީން ނިންމިއިރު ކުރިން ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެތަނެއްގައި ޕާކު ކުރެވޭ ގޮތަށް އެޗްޑީސީން ދިޔައީ އުޅަނދު ރަޖިސްޓްރީ ކޮށްދެމުންކަން ފާހަގަކޮށްލެވެ އެވެ.
ފަހުން އެ އުސޫލު ބަދަލުކޮށް، ފްލެޓްތަކާއި ރޯ ހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް ވެސް ބަދަލުކުރެވިގެންދިޔަ އެވެ.
ހުޅުމާލޭގެ އަބާދީ ބޮޑުވެ ތޮއްޖެހިގެންދާ މި ދަނޑިވަޅުގައި އެޗްޑީސީން ތޮއްޖެހުން ކުޑަކުރުމަށްޓަކައި އުޅަނދުތައް ރަޖިސްޓްރީ ދެ ގޮތަކަށް ބަލައިގެންނެވެ. އޭގެތެރޭގައި ގަރާޖު ހުރި ތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމާއި، ކުރިން ވަކިވަކި ފްލެޓްތަކަށް ރަޖިސްޓްރީކޮށްފައިވާ ހުއްދަތައް ބާތިލުކޮށް އެތަނަށް ހުއްދަ ރިޕްލޭސް ކޮށްދިނުން ހިމެނެ އެވެ.

