ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ތެރޭގައި ބޭނުންކުރުމަށް އިތުރު 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި

އެސްޓީއޯ އިން ރާއްޖެ ގެނައި އެމްބިއުލާންސް ތަކާއި ހެލްތް މިނިސްޓްރީ އިން ހަވާލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒު ތަކުގައި ބޭނުން ކުރުމަށް އިތުރު 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި އެެވެ.

އެސްޓީއޯގެ ފަރާތުން ރާއްޖެއަށް އެތެރެކުރި އެމްބިއުލާންސް ތަކަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ހެލްތް މިނިސްޓްރީ އާއި އެކު އެސްޓީއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނެސްފައިވާ އެމްބިއުލާންސްތަކެކެވެ.

އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވައިދިނުމާއި ރަށްރަށުގައި ހުރި ބައު އެމްބިއުލާންސް ތައް އަނބުރާ މާލެ ގެނައުމުގެ މަސައްކަތް ވެސް އެސްޓީއޯގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްބިއުލާންސް ތަކާއި ހަވާލު ވުމަށްފަހު ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވަނީ ސަރުކާރުގެ އެންމެ ބޮޑު އަމާޒެއް މިއަހަރު އޮތީ ސިއްހީ ދާއިރާއަށް ކަމަށެވެ. އަދި މިއަހަރުގެ ތެރެގައި ސިއްހީ ނިޒާމަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ ކަމަށް ނަސީމްގެ ވާހަކަ ފުޅުގައި ވިދާޅުވެފައިވެއެވެ.

އެސްޓީއޯގެ ފަރާތުން އެތެރެ ކުރި އެމްބިއުލާންސް ތަކަށް ފައިސާ ދެއްކުމަށް އެކުންފުނީގެ ފަރާތުން ތިން އަހަރު ދުވަހުގެ މުއްދަތެއް ހެލްތް މިނިސްޓްރީ އަށް ދީފައިވާ ކަމުގައި ނަސީމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: