ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ލަސްވަނީ ހެލްތް މިނިސްޓްރީގެ ސަބަބުން: ރިޔަން

އެމްޑީޕީގެ ޗެއާޕާސަންއަކަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ އާއި، ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވި ސާބެ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކުގެ ކުރެހުންތައް ނިންމަން 8 މަސްދުވަސް ލަސްވެފައިވަނީ ރިޔަން ކުންފުނީގެ ސަބަބުން ކަމަށް ދޭހަވާ ފަދަ ގޮތަަކަށް މީޑިއާގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އަޙްމަދު ޢާދިލް ވިދާޅުވި ކަމަށް ބުނެފައިވާ ވާހަކަތަކަށް އެ ކުންފުނިން ރަށްދުދީ ބަޔާނެއް އާއްމުކޮށްފިއެވެ.

ބަޔާނުގައި ވާގޮތުން 2021 ވަނަ އަހަރުގެ މޭ މަހު ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނަކަށް ބިޑުކޮށް 2021 އޮގަސްޓްގައި އެއްބަސްވެވި އެ ކުންފުންޔާއި ހަވާލުކޮށްފައިވާ 2 ހޮސްޕިޓަލާއި 8 ސިއްހީ މަރުކަޒުތައް ހުންނަ ރަށްތަކުގައި ހަދަން ޖެހޭ ސާވޭތައް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިންވާނީ ނިންމާފައިއެވެ.

ރިޔަން ކުންފުނިން ބުނެފައިވަނީ މި މަޝްރޫއުތަކަށް އެ ކުންފުނިން 8 ޓީމެއް ހާއްސަކޮށްފައިވާއިރު ހުރިހާ ސިއްހީ މަރުކަޒުތަކުގެ ކުރެހުންތަކާއި ޓެންޑަރ ޑޮކިއުމަންޓްތައް މިއަދާއި ހަމައަށް ވާނީ ހެލްތް މިނިސްޓްރީއާއި ހަވާލުކުރެވިފައިކަމަށެވެ. އަދި އިނީޝަލް ކޮންސެޕްޓަށްފަހު މިނިސްޓްރީން ދެއްވާ ކޮމެންޓްތަކާ ގުޅިގެން އެންމެ ކޮންސެޕްޓް ރިވަޜަނެއް ކުރުމަށް ކަންޑައެޅިފައިވާ އިރު ބައެއް މަޝްރޫއުތަކަށް އިތުރު ހަތަރު ފަހަރަށްވެސް ކޮންސެޕްޓް ރިވައިސްކޮށް ހުށަހަޅާފައިވާނެކަމަށާއި އެގޮތުން ބ. އޭދަފުށީ ހޮސްޕިޓަލްގެ ދެވަނަ ކޮންސެޕްޓް ކުރެހުން ހުށަހެޅިތާ ގާތްގަނޑަކަށް ދެ މަހާ ގާތްވެފައިވަނިކޮށް އެ ހޮސްޕިޓަލުގެ ގްރޭޑް ލެވެލް ބަދަލުކޮށް އެ ބަދަލާ އެއްގޮތަށް ކޮންސެޕްޓް ކުރެހުން ބަދަލު ކުރުމަށް އެންގުމުން އެ ކުރެހުން އަލުން މުޅިން އެއްކޮށް ތައްޔާރު ކުރުމަށް އިތުރު ވަގުތު ހޭދަވާނެކަން އެ ކުންފުނީން ވާނީ މިނިސްޓްރީގެ ސަމާލުކަަމަށް ގެނެސްފައިކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ހޮސްޕިޓަލުގެ ހަތަރުވަނަ ކޮންސެޕްޓް ރިވިޜަން ފޮނުވާނެކަމަށް ހެލްތް މިނިސްޓްރީއަށް އެންގިފައިވާނެކަމަށްވެސް ރިޔަން ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން ހަވާލުކޮށްފައިވާ އއ.ރަސްދޫގެ ހޮސްޕިޓަލް އިމާރާތްކުރަން ނިންމާފައިވާ ގޯއްޗަކީ އެ ހޮސްޕިޓަލް އިމާރާތްކުރެވޭނެ ވަރުގެ ގޯއްޗެއް ނޫންކަން ފުރަތަމަ ކުރެވުނު ސަރވޭއަށްފަހު އޮގަސްޓް 2021 ގައި މިނިސްޓްރީ އޮފް ހެލްތް އާއި އެކު އެއްބަސްވުުމުގައި ސޮއި ކުރުމުގެ ކުރިން އަންގާފައިވާނެކަމަށްވެސް ރިޔަން އިން ނެރިފައިވާ މިބަޔާނުގައިވެއެވެ. ނަމަވެސް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް މި ހޮސްޕިޓަލުގެ ކުރެހުންތައް އެ ގޯއްޗަށް ފަރުމާކޮށް ހުށައަޅާފައިވާނެކަމަށާއި މި ހޮސްޕިޓަލް ބިނާކުރާ ގޯތި ބަދަލުވެފައިވާކަން ފެބުރުވަރީ 2022 ގައި މިނިސްޓްރީން އެންގުމުން އަލަށް ކަނޑައެޅި މި ގޯއްޗަކީ ކުރީގެ ގޯއްޗަށްވުރެވެސް ކުޑަ ގޯއްޗެއްކަމަށް އެ މިނިސްޓްރީއަށް ރިޔަން އިން އަންގާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުގެ ގޯތީގެ މައްސަލަ މިނިސްޓްރީން ހައްލުކޮށްދޭނެކަމަށް ބުނުމުން މާރިޗު 2022 ގައި މިނިސްޓްރީން އެންގުމަށް ނިމިގެންދިޔަ ހަފްތާގައި ކޮންސެޕްޓް ރިވިޜަނެއް އެ މިނިސްޓްރީއަށްވާނީ ހުށަހަޅައިފައިކަމަށްވެސް ރިޔަން އިން ނެރުން މި ބަޔާނުގައި ބުނެފައިވެއެވެ.

ކޮންސެޕްޓް ރިވިޜަންތަކުގައި ގެނެވެމުންދާ ބަދަލުތައް އެ ކުންފުނިން ގެނެސްދީފައިވަނީ “ގުޑް ވިލް” ގެ ދަށުން އިތުރު އަގަކައި ނުލާކަން ފާހަގަކުރަމުން ރިޔަން އިން ބުނެފައިވަނީ ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މިނިސްޓްރީން ކަނޑއަޅައިފައިވާ ފަރާތަށް އީމޭލް، ފޯނު ނުވަތަ މެސެޖުގެ ޒަރިއްޔާއިންވެސް ގުޅުމަކީ ދަތިކަމެއްކަމަށާއި މިހާތަނަށް އެ ކުންފުނިން ފޮނުވައިފައިވާ 31 ސިޓީއަށް ހެލްތް މިނިސްޓްރީގެ ރަސްމީ ޖަވާބެއް ލިބިފައި ނުވާކަމަށެވެ.

ރިޔަންއަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ފާއިތުވެދިޔަ 24 އަހަރު ތެރޭގައި ކާމިޔާބުކަމާއެކު މަސައްކަތްތައް ކޮށްފައިވާ ކުންފުންޔެއްކަން ފާހަގަކުރަމުން އެ ކުންފުނިން ބުނެފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ވިދާޅުވިކަމަށް ލިޔެފައިވާ ވާހަކަތަކުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންގެ ބޮލުގައި ހަގީގަތެއްނެތް ތުހުމަތުތަކެއް އެޅިގެންދާކަމަށެވެ. އަދި ނޭދެވޭ އަސަރުތައް ކުރާނެ ކަމަށާއި ކުންފުނީގެ ފަރާތުން މިކަން ކުށްވެރިކުރަމުން ބުނެފައިވަނީ މިފަދަ ވާހަކަތައް ހިއްސާ ކުރުމުގައި ޒިއްމާދާރު އުސޫލުކެއްގެ މަތިން އަމަލު ކުރުން މުހިއްމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: