ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އާއި އަތޮޅުތެރޭގެ ކަރަންޓުގެ އަގު އެއް ރޭޓަކަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން: ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާރ އަހްމަދު ޝަރީފު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އާއި އަތޮޅުތެރޭގެ ކަރަންޓުގެ އަގު އެއް އަގަކަށް ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ސްމާޓް މީޓަރ ހަރުކުރުމުގެ މަޝްރޫއު ހިޔާފްލެޓްގައި ފެށިގެން ކުރިއަށް ގެންދާ ކަމުގައެވެ. އަދި ސްމާޓް މީޓަރުގެ ރީޑިންގ ނެގުމަށް މީހަކު ނުގޮސް ސްޓެލްކޯ އިން ބޭނުން ކުރަމުންގެންދާ ސޮފްޓްވެއަރ މެދުވެރިކޮށް އެކަން ކުރެވިގެން ދާނެ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރެވުމުން ކަރަންޓް ބިލު ބޮޑުވެގެން އަންނަ ޝަކުވާތައް ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކަމުގައެވެ. ސަބަބަކީ ކަރަންޓް ބޭނުންކުރާ ވަރު ކަސްޓަމަރުންނަށް ފޯނުން ބަލައިލެވެން ހުރުމެވެ.

އަތޮޅުތެރޭގެ ކަރަންޓްގެ ރޭޓް މާލެއާއި އެއް ރޭޓަކަށް ހެދުމަށް މަސައްކަތް ކުރަމުންގެންދާ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާ ވިނަމަވެސް ކޮންމެ ތަނެއްގައިވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެ ކަމުގައެވެ. އެގޮތުން ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރަމުން ގެންދާ އުސޫލުތައް ހަރުދަނާ ނޫން ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ވުމާއެކު މިވަގުތު އެއުސޫލު ތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމުގައި ޝަރީފް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ޝަރީފް ވިދާޅުވީ ކަރަންޓް ބިލު ދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި ނުދެއްކިއްޖެ ނަމަ ޖޫރިމަނާ ވާ ކަމާއި އެ ޖޫރިމަނާ  ބިލް ނުދެއްކި އެތައް ބައިވަރުމަސްތަކެއް ދާ ކަމުގައެވެ.

ނަމަވެސް ޖޫރިމަނާ ބޮޑުވެ ބިލް ދެއްކުމަށް ދަތިވާ ހާލަތުގައި، އެގެއެއްގެ ނުވަތަ ތަނެއްގެ ވެރިފަރާތަށް ނޭނގި ބިލުގެ ޖޫރިމަނާ އަރާފައިވާ ނުވަތަ ވެރިފަރާތަށް ބާރު ނުފޯރާ ގޮތަށް ޖޫރިމަނާ ކުރެވިފައިވާ ނަމަ އެ ޖޫރިމަނާ މާފުކުރެވޭނެ އުސޫލެއް މިހާތަނަށް ހެދިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ވުމާއެކު އެ އުސޫލު ގާއިމް ކުރުމަށް މަސައްކަތްކުރައްވަމުން ދާކަމުގައި އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި ޝަރީފް ވިދާޅުވީ ގެއެއްގެ ކުއްޔަށް މީހަކު އެޕާޓްމަންޓްއެއް ހިފައިގެން، އެތަނުގެ ކަރަންޓް ބިލު ނުދައްކާ އޮންނަ ކަން އެޕާޓްމެންޓްގެ ވެރިމީހާ އަށް ނޭނގޭ ކަމުގައި ވިދާޅުވިއެވެ.

“މިސާލަކަށް އެ ބިލު ދައްކަން ޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތް ކަމެއް ދިމާވެގެން ނުވަތަ އޭނާއަށް ނޭނގި އޮތް ކަމެއް ދިމާވެގެން ބިލުގެ ޖޫރިމަނާ އަރާކަމުގައި ވަންޏާ އެ ޖޫރިމަނާ މާފް ކުރެވޭނެ އުސޫލުތަކެއް މިހާތަނަށް ހެދިފައެއް ނުއެއް ނެތް” ޝަރީފް

ނަމަވެސް ކުއްޔަށް ހިފާފައިވާ ފަރާތުން ކުލި ނުދައްކާ ދުވަސްކޮޅަކު އުޅުމަށް ފަހު ކުއްލިއަށް ނިކުމެގެންދާއިރު އެގޭގެ ކަރަންޓު ބިލު ނުދައްކާ އޮތުމުން ކަރަންޓްގެ ހިދުމަތް ކަނޑާލިކަން ވެރިފަރާތަށް ނޭނގި އޮވެދާނެ ކަމުގައި ޝަރީފް ވިދާޅުވިއެވެ. އަދި ނުދައްކާ އޮތް ކަރަންޓް ބިލަށް ޖޫރިމަނާ އަރަމުން ގޮސްފައި އެބަހުރި ކަމުގައި ޝަރީފް ވިދާޅުވިއެވެ. އެފަދަ ހާލަތެއްގައި ޖޫރިމަނާ އަކީ އިތުރު ތަކުލީފަކަށް ވާކަމުގައި ޝަރީފް ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ޖޫރިމަނާ މާފުކުރުމުގެ އުސޫލެއް ހަދަންޖެހޭ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

އޭގެ އިތުރުން ސްޓެލްކޯގެ ހިދުމަތްތަކަށް ބޭނުންކުރާ ތަފާތު ފޯމްތަކަކީ ވަރަށް ކުރިންސުރެން ބޭނުން ކުރަމުން އަންނަ ފޯމުތަކެއް ކަމުގައި ޝަރީފް ވިދާޅުވިއެވެ. އެފޯމްތައް އަލުން އިސްލާހުކުރެވިފައި ވަނީ މަދުފަހަރަކު ކަމުގައި ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ސްޓެލްކޯގެ ހިދުމަތްތަކަށް އެދޭ ފޯމް މިޒަމާނާއި ގުޅޭ ގޮތަށް ބަދަލުތައް ގެނައުމަށް މުރާޖައާ ކުރަމުން ގެންދާ ކަމުގައި ޝަރީފް ވިދާޅުވިއެވެ. އެގޮތުން ހިދުމަތެއް ހޯދުމަށް ހުށައަޅާފޯމް ފުރަތަމަ ފަހަރު ހުށައެޅުމަށް ފަހު އެމައުލޫމާތު އިތުރަށް ބޭނުންވެއްޖެނަމަ އަލުން އިތުރު ފޯމެއް ހުށައަޅަން ނުޖެހޭނެ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ކުންފުނީގެ މެނޭޖްމެންޓަށް މިވަގުތު ވަނީ ބަދަލުތަކެއް ގެނެވިފައިކަންވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި ކުންފުނީގައި އިތުރު ދެ ޑިޕާޓްމެންޓެއް އަލަށް އުފެއްދުމަށް ކަނޑައަޅާފައިވާ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

އިއާދަ ކުރަނިވި ހަކަތަ އަކީ ރާއްޖެއާއި ބޭރުދުނިޔޭގައި ކުރިއަރަމުން އަންނަ އަދި ކުންފުނިތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ވަސީލަތަކަށް ވަނީ ވެފައިކަމަށެވެ.

އެހެން ކަމުން ސްޓެލްކޯ އިންވެސް އިއާދަކުރުވަނިވި ހަކަތަ ދެމެހެއްޓުމަށް އެކަމާއި ގުޅޭ ޑިޕާޓްމެންޓެއް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ޝަރީފް ވިދާޅުވިއެވެ. އަދި ކުރިން ޔުނިޓެެއްގެ ގޮތުގައި ހިނގަމުން ދިޔަ ލީގަލް ކަންކަން، ޑިޕާޓްމެންޓަކަށް ބަދަލުކުރުން ހިމެނޭ ކަމަށްވެސް ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

ސްޓެލްކޯގެ އަމާޒަކީ ރައްޔިތުން އެދޭފަދަ ހިދުމަތްތަކެއް ރައްޔިތުން އެދޭ ގޮތަށް ދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ކުންފުނީގެ ޕޮލިސީތައް ރާވައިފައި ވަނީ ރައްޔިތުނަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. މިވަގުތު ކުރިއަށްދަނީ ކުންފުނީގެ މެނޭޖްމަންޓާއި ސްޓާފުން އަދި ރައްޔިތުންނާއި ދެމެދު މުއާމަލާތު ކުރެވޭނެ ލިންކެއް ގާއިމްކުރުން ކަމުގައި ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަކީ އަހަރުން އަހަރަށް ކުރަމުންގެންދާ މަސައްކަތެއް ކަމަށާއި އެކަމަކީ ކުންފުނީގެ ކޮންމެ އަހަރެއްގެ އަމާޒެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރަމުންގެންދާ މަސައްކަތެއްކަމަށެވެ.

ޝަރީފް ވިދާޅުވީ ކަރަންޓު ބިލުކުޑަކުރެވޭނީ ކަރަންޓު އިގްތިސާދުކުރެވިގެން ކަމުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: