ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ދެވަަނަ ދައުރެއް ބޭނުން: ފައްޔާޒު

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އިގްތިސޯދީ މިނިސްޓަރ ފައްޔާޒު އިސްމާއިލް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަކުރަށްވާ އެ މަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެނޑިޑޭޓް، އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަށްވާނެ ކަމުގެ އެއްވެސް އިޝާރާތެއް ރައީސް ސޯލިހު ދެއްވާފައި ނުވި ނަމަވެސް އެ މަަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރުގައި އެމްޑީޕީގެ މެމްބަރުނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ދެވަނަ ދައުރަކަށް ދެމިގެންދާން އުމީދުކުރަށްވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ކެންޑިޑެސީގެ ދަށުން 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވަން ބޭނުންފުޅުވާ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައިއެވެ.

“އަޅުގަނޑުމެން ފަޔާ އެ ވިދާޅުވިހެން ކުރަމުންމިދާ މަސައްކަތަކީ 2023 ކާމިޔާބު ކުރުމުގެ މަސައްކަތް، އަޅުގަނޑުމެން ހަމަގައިމުވެސް މި ތިބީ 2023 ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި މަސައްކަތް ކުރަން.” ރޮޒެއިނާ

މީގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައިސާ ކަމަށް ވާދަކުރަށްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ވާނީ މި ބައްދަލުވުމުގައި ވާހަކަދައްކަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ރިޔާސީ އިންތިހާބުގައި ވާދަކުރަށްވަން ތާއީދު ކުރަށްވާކަން ފާހަގަކުރަށްވާ މިވަގުތު ފައްޔާޒުގެ “ހިންގާލަން” ކެމްޕެއިން ޓީމުން ކުރަށްވަމުން ދާ މަސައްކަތްތަކުގެ މަގުސަދަކީ 2023 ގެ ރިޔާސީ އިންތިހާ އެ ޕާޓީއަށް ކާމިޔާބު ކޮށްދެއްވުން ކަމުގައި ވިދާޅުވެލައްވާ އެ ކަމަނާ ވަނީ ފައްޔާޒުގެ ވާހަކަތައް ތަކުރާރު ކުރަށްވާފައިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދެވަނަ ދައުރެއް ދެކިވަޑައިގަތުމަށް އެދިލައްވާކަން ފައްޔާޒު އަދި ރޮޒެއިނާ ހާމަކުރަށްވާފައިވާ އިރު ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެތޯ އެކި ފަހަރުގެ މަތިން ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވެލެއްވީ އެ މަނިކުފާނު އަހައްމިޔަތުކަން ދެނީ މި ދައުރަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުތައް ފުއްދަވަން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަވަން ބޭނުން ފުޅު ނުވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވެލައްވާފައިވެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާކަނެ ކަމުގެ އެއްވެސް އިޝާރާތެއް ދިފައި ނުވާނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަަނީ ދާދި ފަހުން އިންޑިއާ އަށް ކުރެށްވި ދަތުރު ފުޅެއްގައި އެގައުމުގެ ސަރުކާރަށް ނިސްބަތްވާ ނޫހަކަށް އިންޓަރވިއު ދެއްވާ އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެ ކަމަށް އިޝާރާތް ކުރަށްވާފައިއެވެ. އެހެން ކަމުން މި އިންޓަރވިއުގައި ނަޝީދު ވިދާޅުވީ އެނާ އަކީ ޕާޓީގެ މީހެއް ކަމަށެވެ، އަދި ޕާޓީ އިން އެދޭ ގޮތަކަށް މަސައްކަތް ކުރަށްވަން ތައްޔާރަށް ހުންނެވި ކަމަށާއި އެ މަނިކުފާނުގެ ފަރާތްފުޅުން ޕްރައިމަރީގައި ވާދަކުރަށްވަން ޕާޓީއަށް ފެންނަ ނަމަ އެކަން ކުރަށްވާނެ ކަމަށެވެ. ނަޝީދު މިފަދައިން ވިދާޅުވީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އެ މަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން ކަމަށް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: