ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒު އިންތިހާބު ވެއްޖެ

ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމައީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބު އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކާމިޔާބު ކުރައްވައިފިއެވެ.

މިއަދުގެ އިންތިހާބަށް 281 ވޯޓް ފޮށި ބަހައްޓާފައިވާއިރު 108 ވޯޓްފޮށީގެ ނަތީޖާ ވަނީ އިއުލާނު ކޮށްފައެވެ. ގިނަ ވޯޓް ފޮށިތަކުން ކުރި ހޯއްދެވީ ފައްޔާޒެވެ. އެ ވޯޓްފޮށިތަކުން ފައްޔާޒް ވަނީ 18،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިފައިވަނީ 10،000 ވޯޓެވެ.

މިހާތަނަށް ނަތީޖާ ސާފުވި ފޮށިތަކުން ލިބުނު ވޯޓަށް ބަލާއިރު ނަތީޖާ ނުލިބޭ ފޮށިތަކުގެ ނަތީޖާ ކަށަވަރު ކުރެވޭއިރު ވެސް އިންތި އަށް އިންތިޚާބު ކާމިޔާބު ވުމުގެ ފުރުސަތެއް ނެތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކުރީން އޮތީ ހަވީރު ހަތަރެއް ޖަހަންދެން ވޯޓްގެ ކަންކަން ކުރިއަށް ގެންދާށެވެ. ނަމަވެސް އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ވަގުތު އިތުރު ކުރަން އިންތިހާބާ ބެހޭ ކޮމެޓީން ނިންމީ ވިއްސާރަވުމާއި އަދި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވުމާއި ގުޅިގެންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: