ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއެއް ތަމްސީލު ކުރާ އިރު ހުންނަން ޖެހޭނީ ރީތިކޮށް: ބޮންޑެ

އެެމްޑީޕީ ޗެއާޕާސަން ކަން ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއީލާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީއެެއްގެ ޓިކެޓް ލިބި، ޕާޓީއެއް ތަމްސީލު ކުރާ ފަރާތްތައް ގޭގެއަށް އަދި އެހެނިހެން ތަންތަނަށް ދާއިރުވެސް ހުންނަން ޖެހޭނީ ރީތިކޮށްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒު އިސްމާއިލަށް އަމާޒުކޮށް އިބްރާހިމް ވިދާޅުވި ވާހަކައަކާއިމެދު ސުވާލު ކުރުމުން އެނާ ވިދާޅުވީ، ފައްޔާޒުގެ ޖިންސު ނުސާފުވެފައިވާކަމަށް ވިދާޅުވި ވާހަކައަކީ، ހާލަތާއި ގުޅުވައިގެން ގޯސްކޮށް ނެގިފައިވާ ވާހަކައެއް ކަމަށެވެ. އަދި އެނާ ވިދާޅުވި ވާހަކައިގެ މާނައަކީ ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށްވުމުން އެފަދަ ބޭފުޅަކު ޕާޓީއެއްގެ ފަރާތުން ގޮސް ގެއަކަށް ވަންނަ އިރު ދަމަހައްޓަން ޖެހޭ ރިވެތި އަހުލާގަށް އަމާޒު ކުރަމުން ކަމަށެވެ.

ޕާޓީއެއްގެ ޓިކެޓުގައި ތިއްބަވާ ބޭފުޅުން އަދި ޕާޓީއެއް ތަމްސީލުކުރަށްވާ ބޭފުޅުން ތިއްބަވަން ޖެހޭނީ ރީތިވެގެންކަމަށް ފާހަގަކުރަށްވާ އިބްރާހިމް ވިދާޅުވީ އާއްމުގޮތެއްގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންވެސް ތިއްބަވާނީ ވަރަށް ރީތިކޮށްކަމަށެވެ. އަދި 17 ވަނަ މަޖިލީހުގައި ކޮންސާރވޭޓީވް ޕާޓީ ޓްރެއިނިންގެ ތެރެއިން ހެދުން އަޅާނެގޮތް އަދި ގޭގެއަށްގޮސް ވާހަކަދައްކާނެ ގޮތް ފަދަކަންކަން ކިޔައިދެވިފައިވާކަމަށް އިޝާރާތް ކުރަށްވާ އިބްރާހިމް ވިދާޅުވީ ނަމަވެސް އެފަދަ ޓްރެއިނިންގްތަކެއް ދެވިފަވަނީ 2008 ވަނަ އަހަރު ކަމަށްވުމުން އޭރު ނެތް ބޭފުޅުންނަށް އެމައުލޫމާތުތައް ނުލިބި ހުރިކަމަށް ވެދާނެކަމަށާއި، އެހެން ނަމަވެސް ރައްޔިތުންނާއި ބައްދަލު ކުރާއިރު ރީތިވެގެން ހުރުމަކީ ކަން އޮންނަން ޖެހޭ ގޮތްކަމަށް އެނާ ފާހަގަކުރަށްވާފައިއެވެ.

މީގެ އިތުރުންވެސް އެމީހެއްގެ ޝަހުސިއްޔަތާއި އެއްފަދަ ގޮތަކަށް ހުރުމަކީ އެމްޑީޕީގެ ތެރޭގައި އަށަގަނެފައިވާ ސަގާފަތެއްކަން ފާހަގަކުރައްވައި އިބްރާހިމް ވިދާޅުވީ ރައީސް ނަޝީދުގެ އަމަލުތައް ބައްޓަންވެފައިވާ ގޮތަށް ބަލާލާ ނަމަވެސް އެކަން ފެނިގެންދާނެ ކަމަށެވެ. އެހެންކަމުން އެނާ ވިދާޅުވީ ރައީސް ނަޝީދު ދަތުރުކުރަށްވާ އިރު މަދުވެގެން 3 ގަމީސް ގެންދަވާނެކަމަށާއި އިސްތިރިއެއްވެސް ގެންދަވާނެ ކަމަށެވެ. އަދި މުޒާހަރާތަކުގައިވެސް އެ މަނިކުފާނު ހުންނަވާނީ ޓައިއެއް އަޅުއްވައިގެންކަމަށް އިޝާރާތް ކުރަށްވާ އިބްރާހިމް ވިދާޅުވީ ފައްޔާޒުއަކީ ދައުލަތުގެ ވަޒީރެއްކަމަށް ވުމުން ދައުލަތެއް ތަމްސީލު ކުރަށްވާ އިރުވެސް އެފަދަ ރީތި ސިފަތައް ހުންންޖެހޭނެ ކަމަށް އެނާ ދެކިވަޑައިގަންނަކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިމުމަކަށް އައިސް ޗެއަރޕާސަންގެ މަގާމު ފައްޔާޒު އިސްމާއިލް ކާމިޔާބު ކުރައްވާފައިވާއިރު، އެޕާޓީގެ އެތެރޭގައި ކުރިން އުފެދިފައިވާ ކޯޅުންގަނޑު ނިމުމަކަށް އަންނާނެ ކަމަށް އިންތިހާބުގެ ކެމްޕެއިންތެރޭގައިވެސް ޕާޓީއަށް ނިސްބަތްވާ އެކި މެމްބަރުން ވިދާޅުވަމުންދިއަކަން ވަނީ ފާހަގަކުރެވިފައިއެވެ. އެހެންކަމުން ދާދި ފަހުން ފައްޔާޒާއި ވާދަކުރަށްވާ ނާކާމިޔާބުވެފައިވާ ކެނޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ފައްޔާޒުއަށް މަރުހާބާ ވިދާޅުވެފައިއެވެ. އަދި އިންތިއަށް ތާއީދު ކުރަށްވާކަން ނުސީދާގޮތަކަށް ހާމަކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދި ފަހުން ފައްޔާޒުގެ އުފަންދުވަހުގެ ރަސްމިއްޔާތުގައި އެކުގައި ހުންނަވައިގެން ކޭކު ފަޅުއްވާ މަރުހަބާ ވިދާޅުވެފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: