ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ވެރިކަން ކުރަނީ ދިވެހިންކަމަށް ބުނެވެން ނެތް: އާދަމް ޝަރީފް

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވެރިކަން ކުރަނީ ދިވެހިންނޭ ބުނާނެ އެއްވެސް ފުރުސަތެއް މިއަދު ނެތްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިރޭ ޕާޓީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ވެރިކަންކުރަން ”ނަމެއްގައި“ ބަޔަކު ތިއްބިނަމަވެސް، ދިވެހި ސިޔާދަތީ ބާރުތައް ގެއްލިފައިވާކަމަށެވެ. އެހެންކަމުން މި ފަސްގަނޑުގައި ވެރިކަންކުރަމުން ދަނީ ދިވެހިންނޭ ބުނެވޭނެ ފުރުސަތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުވަނީ އިންޑިއާގެ އަތްދަށަށް ގެއްލިގެން ގޮސްފައިވާކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ބޭރު ގައުމުތަކުގެ ނުފޫޒު ރާއްޖޭގައި އިންތިހާއަށް އޮތްކަމަށެވެ. އަދި ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ އެއްވެސް ހާލަތަކު އިދިކޮޅުގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންފުޅުވެއްލެއްވި ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި ތިބުމާއި ދެކޮޅަށް ރައީސް ޔާމިން ނިކުތުމާއި އެކު ސަރުކާރު ނޭވާ ހޮޅިއަށް އެޅުނުކަމަށް ފާހަގަކޮށް، އާދަމް ޝަރީފް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ސަރުކާރު ”ބޯ ވަތައް ޖަހާފައި“ ކަމަށެވެ. އެހެންކަމުން މި ސަރުކާރު ވެއްޓެން ގާތްވެފައިވާކަން އެންމެހާ ރައްޔިތުންނަށްވެސް ސާފުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި މިކަަމަކީ ރައީސް ޔާމިން ”ހިކުމަތްތެރިކަމާއި އެކު“ ކުރަށްވަމުން ގެންދަވާ މިންނެތް މަސައްކަތްތައްކަން ވެސް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރައްޔިތުންގެ ”ޖީބަށް ލުއިކޮށްދޭނެ“، ދިވެހި ރައްޔިތުން ދެކެން ބޭނުންވާނެ ފަދަ ”ރީތި މަންޒަރުތަކެއް“ އަދި ރައްޔިތުން އެދޭފަދައިން ތަރައްގީއާއި ކުރިއެރުން ގައުމަށް ގެންސްދެވޭނެ ”ހަމައެކަނި“ ލީޑަރަކީ ރައީސް ޔާމިންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: