ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލާ، ކަހަނބު ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ވެބިނާއެއް ބާއްވަނީ!

ވެލާ، ކަހަނބު ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ވެބިނާއެއް ބާއްވަނީ/ ފޮޓޯ: ޒޫ ބްލޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރަޢްޖޭގެ އެންވައިރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން “މޯލްޑިވިއަން ޔޫތް އިން ޓާރޓަލް ކޮންސަރވޭސަން” މިއަދު ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

24 މޭ ވަނަ ދުވަހު ހަވީރު 16:15 ފެށިގެން އީޕީއޭގެ ފަރާތުން، ވެލާ އަދި ކަހަނބު ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވޭ މި ވެބިނާރ ކުރިއަށްގެންދާނީ ޒޫމް އެޕްލިކޭޝަންގެ ޒަރިއްޔާއިންކަން ފާހަގަކުރެވެއެވެ. މި ބައްދަލުވުމުގައި ދިވެހި ޢީޕީއޭގައި މަސަތްކަތްކުރާ ޒުވާނުން ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު، އޯލިވް ރިޑްލީ ޕްރޮޖެކްޓްގައި މަސައްކަތްކުރަމުންދާ ޒުވާނުން، ޑައިވް މާސްޓަރުން އަދި މިފަދަ މަސަތްކަތްތަކުގައި އިސްކޮށް ފާހަގަކުރެވިފައިވާ ބައެއް ރިސޯޓް ތަކުގައި މަސަތްކަތްކުރާ ޒުވާނުންވެސް ހިމެނެއެވެ.

މިއަދު 16:15 ގައި ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ވެބިނާޜ ފައްޓަވައިދެއްވާނީ ދިވެހި ރާއްޖޭގެ އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމްއެވެ. އަދި މި ވެބިނާރގެ ބައިވެރިންނަށް ރާއްޖޭގައި ވެލާ އަދި ކަހަނބުގެ ބާވަތްތައް ހިމާޔަތް ކުރުމާއި، ދިރުވައި އާލާ ކުރުމާއި ބެހޭ މައުލޫމާތު މުއްސަނދި ކުރުމުގެ ގޮތުން ވާހަކަތައް ކުރިއަށް ގެންދަވާނީ އީޕީއޭގައި ސީނިއަރ އެންވައިރޮމެންޓަލް އެނަލިސްޓެއް ގޮތުގައި ހުންނަވާ އީނާސް މޮހައްމަދުއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގެ ތެރެއިން ބައިވެރިވާ ފަރާތްތަކަށް، ވެލާ ކަހަނބު ހިމާޔަތް ކުރުމުގެ ދާއިރާގެ ތެރެއަށް ވަނުމާއި ބެހޭ ގޮތުން “ކަރިއަރ ގައިޑެސް” ދިނުން އަދި ދާއިރާގެ ތެރޭގައި ފަހިވެފައިވާ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލައި، ކުރެވިފައިވާ ތަޖުރިބާތަކުގެ ވާހަކަތައްވެސް ދެކެވިގެންދާނެކަމަށް ފާހަގަކުރެވެއެވެ.

މި ބައްދަލުވުން ނިންމާލާނީ ބައިވެރިންނަށް ސުވާލު ކުރުމަށާއި އެ ސުވާލުތަކަށް ޖަވާބު ހޯދުމަށް ފުރުސަތު ފަހިކުރުމަށް ފަހުކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: