ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓް ކެނޑުނީ ފީޑަރަކަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ފަތިހު މުޅި މާލެއިން ކަރަންޓް ދިޔައީ ފީޑަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމުގައި ސްޓެލްކޯ އިން ހާމަކޮށްފިއެވެ.

އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ކަރަންޓް ކެނޑުމަށް ދިމާވާ މައްސަލަ ވަނީ ދެނެގެނެވިފައި ކަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓް ކަނޑައިގެން ދިޔައީ 8 ވަނަ ފީޑަރުގެ ސްވިޗް ގިއަރަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ކަމުގައެވެ. އެ މައްސަލަ އަށް މިވަގުތު ވަގުތީ ހައްލެއް ގެނެވިފައިވާ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

މައްސަލަ ދިމާވި ފީޑަރު 8 ގައި ހުރި ދިހަ ސަބްސްޓޭޝަން އިތުރު ހަ ފީޑަރަކަށް ބަހާލައިގެން ހަތަރު ފީޑަރަކަށް ކަރަންޓު ދެމުން ގެންގޮސްފައިވެއެވެ. އަދި ބާކީ އިން ހަތަރު ފީޑަރުގެ ލޯޑް މަތިވަމުން ދާތީ އެކި ސަރަހައްދުން ބައި ގަޑިން ބައި ގަޑިން ކަރަންޓު ކަނޑަމުން ދިޔަ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކޭބަލްއަށް ގެއްލުންވެފައިވަނީ މަގު ކޮނުމުގެ ތެރޭގައި ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެންމެ ފުރަތަމަ ކަރަންޓު ދިޔައިރު، މައްސަލަ އުޅެނީ ކޮން ތަނެއްގައިކަން ކަށަވަރު ނުވާ ކަމަށާއި، މުޅި މާލެ ބްލެކްއައުޓަކަށް ދިޔައީ އެހެންވެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯ ގައި ތިން ޕަވަރ ހައުސް އެއް ހުރިކަމަށާއި އޭގެ ތެރެއިން އެއް އިންޖީނުގެ ހުންނަނީ ގާކޮށީގައެވެ. އަދި އެއިންޖީނުގެ އަކީ އެއްގޮތަކަށް ވެސް ހިންގާ އިންޖީނުގެއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭރު ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އެކި ފީޑަރަށް ކަރަންޓު ދެމުން ގޮސްފައިވާ ކަމަށެވެ. އަދި މުޅި މާލެއިން ކަރަންޓު ގޮސް ބްލެކް އައުޓަކަށް ދިޔައީ އަށްވަނަ ފީޑަރަށް ކަރަންޓު ދިނުމާއެކު ލޯޑު ބޮޑުވެގެންނެވެ.

މޮނިޓަރ ނުކޮށް ބާކީ ހުރި ހުރިހާ ފީޑަރު ތަކަށް ކަރަންޓު އަލުން  ދިނުމުގައި ފަހަރުގައި އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ކަރަންޓް ނެޓްވޯކަށް ކޮށްފާނެތީ ކޮންމެ ފީޑަރެއް ޗެކްކޮށް ކޮމްޕިއުޓަރުން ޓެސްޓް ކުރަމުން ފޯލްޓެއް އުޅޭތޯ ބަލަމުން ދިޔަ ކަމަށާއި ކަރަންޓް އަނބުރާ ދިނުމުގައި ލަސްވީ އެސަބަބާ ހުރެ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މައްސަލަ ދިމާވީ ޖެނެރޭޓަރަށް ނޫން ކަމަށާއި ނެޓްވޯކްގެ ކޭބަލަކަށް ދިމާވި މައްސަލައެއް ކަމުގައެވެ. ޝަރީފް ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ދެދުވަސް ވަރުވާނެ ކަމަށާއި އެކަމަށްޓަކައި އަޅަންޖެހޭ ކޭބަލް ގާކޮށީ ކައިރިހުރި ސަބްސްޓޭޝަނާއި ހަމައަށް އެޅުމަށް މާލެ ސިޓީ ކައުންސިލުން ކޮނުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: