ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމާލުއްދީން ސްކޫލަށް ވަދެ ޕްރިންސިޕަލަށް އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަސް!

ޖަމާލުއްދީން ސްކޫލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިިއަދު ހެނދުނު ޖަމާލުއްދީން ސްކޫލަށް ވަދެ ޕްރިންސިޕަލަށް އިންޒާރުދީ މާރާމާރީ ހިންގަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުންނަށް އެހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 8:49 ހާއިރެވެ.

އޭނާ ސްކޫލަށް ވަނުމަށް ފަހު ޕްރިންސިޕަލަށް ހަމަލާ ދޭން އުޅުނު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެެވެ.

ހަމަލާ ދިނުމަށް މަސައްކަތް ކުރި މީހާ ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހައިފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް  އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: