ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމް މިނިސްޓަރު އިމްރާން ތުރުކީގެ ދާހިލީ ވަޒީރާއި ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތުރުކީވިލާތުގެ ދާހިލީ ވަޒީރު، ސުލައިމާން ސޮއިލުއާ ބައްދަލު ކުރައްވައިފިއެވެ.

އިމްރާނ ތުރުކީގެ ދާހިލީ ވަޒީރާއި ބައްދަލު ކުރެއްވީ އެމަނިކުފާނުގެ ހާއްސަ ދައުވަތަކށް އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ދާހިލީ ވަޒީރާއި ބައްދަލުކުރައްވާ އިމްރާން ވަނީ ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންގޮސްފައެވެ.

އިމްރާންގެ މި ދަތުރުފުޅުގައި އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޒީރާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ދާހިލީ ވަޒީރުން ވަނީ ދާހިލީ ސަލާމަތާއި ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

ހާއްސަކޮށް ދާހިލީ ސަލާމަތާއި ގުޅޭގޮތުން ތުރުކީގެ އެހީތެރިކަމާއި ތަޖުރިބާ ހޯއްދެވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ދެގައުމުގެ ރައްޔިތުންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންވެފައިވަނީ އެއގޮތް ކަންތައްތަކެއްގެ މައްޗައްކަމަށެވެ.

މީގެ 900 އަހަރު ކުރިން ދިވެހިންނަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނީއްސުރެން މިއަދާހަމައަށްވެސް ތުރުކީ އަކީ ރާއްޖެއިން މިސާލަކަށް ބަލާ ގައުމެއްކަމަށާއި ތުރުކީގެ ރައީސް އުރުދުގާން އާއި ސަރުކާރުން ދުނިޔެއަށް ހާއްސަކޮށް އިސްލާމީ ގައުމުތަކަށް ދައްކާ ލީޑަރޝިޕް އިމްރާން ފާހަގަކުރެއްވިއެވެ.

އިމްރާން ވަނީ ދީނީ ހަރުކަށި ފިކުރާއި، ޓެރަރިޒަމާއި، ޑްރަގް ޓްރެފިކިންގ ހުއްޓުވުމަކށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވައި އެދާއިރާތަކުން މީހުން ބިނާ ކުރުމާއި، ވަސީލަތްތައް ގާއިމް ކުރުމުގައި ތުރުކީގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

އަދި ކުށްވެރިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައު އަށް ނެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރައްވައި ތުރުކީގެ ޓެކްނިކަލް އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

އިމްރާނާއި އެކު ތުރުކީއަށް ވަޑައިގެންނެވި ބޭފުޅުން މި ދަރުތުފުޅުގައި ތުރުކީގެ ދާހިލީ ސަލާމަތާއިގުޅޭ އެކިއެކި މުއައްސަސާ ތަކާއި ދަނީ ވަކިވަކިން ބައްދަލު ކުރައްވަމުންނެވެ.

އޭގެތެރޭގައި ތުރުކީގެ ފުލުހުންގެ މުއައްސަސާއާއި، ފުލުހުން ތަމްރީން ކުރާ މަރުކަޒާއި، ޖަލުތަކުގެ ކަންކަން ބަލަހައްޓާ އިދާރާ ހިމެނެއެވެ.

ހޯމް މިނިސްޓަރު އިމްރާން ތުރުކީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: