ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ މައްސަލަތަކުން އައިޝަތު މުހައްމަދު ތަނާޒުލްވިކަމުގެ އަޑުތަކެއް!

އައިޝަތު މުހައްމަދު ރައީސް ޔާމީންގެ މައްސަަލައިގައި ދައުލަތުގެ އެންމެ އިސް ވަކީލު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިޔަށް ގެންދާ ދައުވާތަކުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، އައިޝަތު މުހައްމަދު އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުން ހުރި މައްސަލަތަކުން ތަނާޒުލްވުމަށް ހުށަހަޅައިފިކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާ އުފުލައި ކުރިޔަށް ގެންދިޔަ ގއ. ވޮޑަމުލާގެ މައްސަލަތައް ރާއްޖޭގެ ޓީވީތަކުން ލައިވްކޮށްގެން ކުރިޔަށް ގެންދިޔައިރު، މަޝްހޫރުވި ޕްރޮސެކިއުޓާރ ޖެނެރަލްގެ ވަކީލަކީ އެމްއެމްޕީއާރުސީއާއި ގުޅުން ހުރި އެހެން ބައެއް މައްސަލަތަކުގެ ވެސް ވަކީލެވެ. އަދި މިވަގުތު ކޯޓުގައި ކުރިޔަށް ދާ ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައިގެ ދައުލަތް ތަމްސީލު ކުރައްވަނީ އައިޝަތު މުހައްމަދެވެ.

މީގެއިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަތަކާއި، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލައިގެ ދައުލަތުގެ ވަކީލަކީ ވެސް އެއީ އެވެ.

ހިޔާނާތުގެ މައްސަލަތަކުން ތަނާޒުލްވުމަށް އައިޝަތު މުހައްމަދު ހުށަހެޅިކަން ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމުން، އެއީ ތެދު މައުލޫމާތެއްތޯ ސުވާލު “ސަންގު” އިން ސުވާލު ކުރުމުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ތަނާޒުލް ވެވޭނެ ބައެއް އުސޫލުތައް އޮންނާނެ ކަމަށެވެ. އަދި އެ މަރުހަލާ ކުރިޔަށް ގެންދެވޭނީ، އެ ފުރިހަމަ ކުރުމަށް ފަހުކަމަށް ވިދާޅުވި އެވެ. ނަމަވެސް އެފަދަ ސިޓީއެއް ލިބިފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށް ނުދެއްވަ އެވެ.

“ސަންގު” އަށް އެނގިފައިވާ ގޮތުގައި އެފަދަ ސިޓީއެއް ޕީޖީއަށް ވަނީ ލިބިފަ އެވެ. ނަމަވެސް ވަކި މީހެއްގެ މައްޗަށް އެއްވެސް ތުހުމަތުތަކެއް ކުރިކަން ކަށަވަރެއް ނޫނެވެ.

މައްސަލައިން ތަނާޒުލްވާން ހުށަހެޅި ސިޓީގައި ޝަމީމްގެ މައްޗަށް އައިޝަތު މުހައްމަދު ބޮޑެތި ތުހުމަތުތަކެއް ކުރިމަށް ވެއެވެ. އަދި ސޯޝަލް މީޑިއާގައި އެ ސިޓީކަމަށް ބުނެ، ލިއުމެއްގެ ކޮޕީ ވަނީ އާއްމުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: