ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަސީލަތް ނެތުމުން ރައީސް ޔާމީންގެ އަޑުއެހުންތައް މިވަގުތު ލައިވް ކުރެވެން ނެތް!

ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީން ގޭބަންދުގައި ހުންނެވި ދުވަސްވަރުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ވަސީލަތްތައް ނެތުމުން މިވަގުތަށް ލައިވް ނުކުރަން ނިންމައިފި އެވެ.

މީގެ ކުރީން ބޭއްވި އަޑުއެހުމެއްގައި ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ޔަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިޔަށް ގެންދަން ބޭނުންވަނީ އާއްމުކޮށް ހުޅުވާލައިގެން، ރައްޔިތުންނަށް ހާމައަށް ފެންނަހެން ލައިވްކޮށްގެން ކަމަށެވެ. އެހެންވެ އެ ހުށަހެޅުމާއި މެދު މިއަދު އިސް ގާޒީ ޝަކީލް ވިދާޅުވީ ރައީސް ޔާމީންގެ އަޑުއެހުންތައް އިދާރީ ބައެއް މައްސަލަތަކެއް ހުރުމުން ލައިވް ކުރެވެން ނެތް ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ ލައިވް ކުރަން ބޭނުންވާ ސަބަބެއްކަމަށް ޑރ. ޖަމީލް ވިދާޅުވީ އެމަނިކުފާނަކީ ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށްވުމާއި، އަދި މިއީ ރައްޔިތުންނާއި ގުޅިފައިވާ އާއްމު މަސްލަހަތު ހުރި މައްސަލައަކަށް ވުމުންނެވެ. އަދި މީގެ ކުރިން ގއ. ވޮޑަމުލާ މައްސަލަތައް ވެސް ކުރިޔަށް ގެންދިޔައީ ރައްޔިތުންނަށް ފެންނަހެން ހާމަކަން ބޮޑުގޮތެއްގައިކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. ރައީސް ޔާމީންގެ ޝަރީއަތްތައް ރާއްޖޭގެ ޓީވީ މީޑީއާތަލުން ލައިވްކޮށް ކުރިޔަށް ގެންދިއުމުގައި ދައުލަތުގެ އިއުތިރާޒެއް ނެތެވެ. ޝަރީއަތްތައް ލައިވް ކުރުމާއި ދެކޮޅު ހައްދަވަނީ މި މައްސަލައިގައި ހިމެނޭ ޔޫސުމް ނައީމެވެ.

އިންސާފުވެރި ޝަރީއަތެއް ކުރިޔަށް ގެންދިއުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަން ފާހަގަ ކުރުމުން ގާޒީ ޝަކީލް ވިދާޅުވީ މައްސަލަ މިވަގުތު ލައިވްކޮށް ކުރިޔަށް ގެންދެވެން ނެތީ އެކަމަށް ބޭނުންވާ ވަސީލްތަތއް ނެތުމުން ކަމަށެވެ. އެހެންވެ ޑރ. ޖަމީލް އެދުނީ ލައިވް ކުރެވެން ދެން ޝަރީއަތް މެދުކަނޑާލުމަށެވެ. ނަމަވެސް އެކަމަށް ގާޒީ އިންކާރު ކުރެއްވި އެވެ. އަދި ވިދާޅުވީ މިއީ އާއްމުކޮށް ހުޅުވާލައިވާ މައްސަލައެއްކަމަށާއި، ޝަރީއަތް ކަވަރު ކުރުމުގައި ނޫސްވެރިންނަށް ހުރަހެއް އަދި އާއްމުން ޝަރީއަތަށް ވަނުމަށް ވެސް ހުރަހެއް ނެތް ކަމަށެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ޝަރީއަތްތައް މަޑުޖައްސާލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ކޮވިޑުގެ ހާލަތު ރަނގަޅުވަން ދެން މަހުލޫފްގެ އަޑުއެހުންތައް މަޑުޖައްސާލި ގޮތަށް، ރައީސް ޔާމީނަށް ވެސް އެ ފުރުސަތު އޮންނަން ވާނެކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އެކަމުގެ ސަބަބެއްކަމަށް ޑރ. ޖަމީލް ވިދާޅުވީ ގާނޫނީ ޓީމުގެ ބައެއް ބޭފުޅުން ވެސް ބަލިކޮށް އުޅުމާއި، އަދި ކޮވިޑުގެ ސަބަބުން މައްސަލައަށް ތައްޔާރުވާން ޖެހޭ މިންވަރަށް ތައްޔާރު ނުވެވުމާއި ފްލޫގެ ސަބަބުން ކޯޓަށް ވެސް ހާޒިރުނުވެވުމެވެ.

ޑރ. ޖަމީލްގެ މި ވާހަކަތަކަށް ދައުލަތުން އިއުތިރާޒުކޮށް ވިދާޅުވީ މައްސަލައިން ދިފާއުވުމަށް އެކަށީގެންވާ ވަގުތު ދެވިފައިވާކަމަށާއި، ދައުލަތުގެ ވަކީލުންނަށް ވެސް ފްލޫ އާއި ކޮވިޑުގެ ސަބަބުން އުނދަގޫތަކެއްވާކަމަށެވެ. ނަމަވެސް އެއީ މައްސަލަ ލަސް ކުރަން އޮތް ސަބަބެއް ނޫންކަމަށް ދައުލަތުން ވިދާޅުވި އެވެ.

މަހުލޫފްގެ ޝަރީއަތާއި ގުޅޭގޮތުން ގާޒީ ޝަކީލް ވިދާޅުވީ އެ މައްސަލަ މަޑުޖައްސާލަން ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައި ނުވާނެކަމަށާއި މައްސަލައިގެ ޝެޑިއުލް އެނގިވަޑައިގަންނަވާނީ އެ މައްސަލަ ބައްދަލަވާ ގާޒީއަށް ކަމަށެވެ. އަދި ވަކި ބޭފުޅަކަށް ވީތީ މައްސަލަތަކުގައި ތަފާތުކުރުންތައް ނުގެންގުޅޭކަމަށް ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، ރައީސް ޔާމީން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވައި ތަހުގީގުތަކެއް ކުރިޔަށްދާއިރު މީގެ ތެރެއިން ރ. ފުއްގިރީ އަކީ ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލަ އެވެ.

ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި (އެއް މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާގައި މީގެ ކުރިން ބޭއްވި އަޑު އެހުމެއްގައި ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: