ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީތައް ގިނަވެ، އައްޑޫ ކައުންސިލުން ފުލުހުނަށް ގޮވާލީ އަމާންކަން ގާއިމުކޮށްދޭން!

އައްޑޫ ހިތަދޫ ލިންކު ރޯޑު/ ފޮޓޯ: އައްޑޫލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހުން އައްޑޫސިޓީގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފައިވާ މައްސަލައިގައި، ކުށް ކުރުމުގައި ޝާމިލުވީ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާއިބެހޭ ދައުލަތުގެ މުއައްސަސާތަކަށް އައްޑޫސިޓީ ކަައުންސިލުން ގޮވާލައިފި އެވެ.

ރަށުތެރޭގެ އަމާންކަން ގާއިމުކޮށްދިނުން އަވަސްކޮށްދެއްވުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައި އައްޑޫ ސިޓީކައުންސިލްއިން ނެރިފައިވާ ބަޔާނުގައި ވާގޮތުން، ފަހަކަށް އައިސް ރަށުތެރޭގައި އެކި ސަބަބުތަކާއި ގުޅިގެން މާރާމާރީ ހިންގުންވަނީ އިތުރުވެފައިއެވެ. އަދި އެކަމާއި ގުޅިގެން ރަށުތެރޭގެ އަމާންކަން ގެއްލި ބިރުވެރިކަން ފެތުރިގޮސްފައިވާކަން ފާހަގަކޮށް އެބަޔާނުގައި ބުނެފައިވަނީ މިފަހުން ހިންގި މާރާމާރީގައި ޒުވާނެއްގެ ފުރާނަގޮސް، އެކި ފަރާތްތައް ސީރިއަސް އަނިޔާތަކެއް ލިބިގެންދިއުމާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން ކަންބޮޑުވާ ކަމަށެވެ.

ރަށުތެރޭގައި ހިންގާފައިވާ ބޮޑު މާރާމާރީއެއްގައި ޒުވާނަކު މަރުވެފައިވާ ކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް އައްޑޫސިޓީ ކައުންސިލުން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، ކައުންސިލުން ދެކޭގޮތުގައި އިންސާނެއްގެ ފުރާނައަށް ގެއްލުންވާފަދަ އަމަލުތަކަކީ ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށާއި، އެކަމަކީ އިސްލާމްދީނުގެ އަސާސްތަކާއި، ދިވެހި ގާނޫނު އަސާސީ އަދި ގާނޫނުގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުން މަނާކުރެވިފައިވާކަމެކެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮއްދެވިފައިވާ މުޖުތަމައެއްގައި މިފަދަ އަމަލުތައް ފެނިގެންދިއުމުން އައްޑޫސިޓީ ކައުންސިލުން ކަންބޮޑުވާކަމަށްވެސް ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، މާރާމާރީ އަދި މީހަކަށް އަނިޔާ ދިނުމުގެ އެއްވެސް އަމަލަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ އަމަލުތައް ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް އެބަޔާނުގައި ވެއެވެ.

އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީގައި ޒަހަމްވެފައިވާ ޒުވާނާ ނިޔާވެފައިވަނީ ފަރުވާދެމުންދަނިކޮށެވެ. މި މާރާމާރީގައި ހިންގާފައިވަނީ ތޫނުއެއްޗަކުންކަން ކަމަށްވާއިރު، އެތައް ތަނަކަށް ޒަހަމްތަކެއް ލިބިފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންގެ އިދާރާއަށް މައުލޫމާތު ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މި ޒުވާނާގެ މަރާއި ގުޅިގެން އަދި އެއްވެސް ފަރާތެއް ހައްޔަރުކޮއްފައިވާކަމަށް ފުލުުންގެ އިދާރާއިން މައުލޫމާތުދީފައިނުވެއެވެ. މީގެ ދުވަސްތަކެއް ކުރިންވެސް އައްޑޫސިޓީ ފޭދޫގައި މާރާމާރީއެއް ހިނގައި ޒުވާނަކަށް އަނިިޔާތަކެއް ލިބިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އަދި ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މީހަރު އައްޑޫސިޓީގައި ހިންގަމުންދާ މާރާމާރީތަކަކީ ސިލްސިލާ ކަމެއްގެ ސިފައިގައި ފާހަގަކުރެވިފައިވާ އިރު، ދާދި ފަހުން މާލެ ސިޓީގައިވެސް ވަނީ އެތަކެއް މާރާމާރީތަކެއް ހިންގައި، ގިނައަދަދެއްގެ މީހުންނަކަށް އެކި ޒަހަމުތައް ލިބިފައިކަން ފާހަގަކޮއްލެވެއެވެ. އަދި މާލޭގެ އެކި ސަރަހައްދު ތަކުގައި މާރާމާރީތައް ހިންގާފައިވާ އިރު، އެކަން ކޮންޓްރޯލް ކުރުމަށް ފުލުހުންގެ މުއައްސަސާއިން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި އެތައް ފަރާތްތަކެއް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަންވެސް ފާހަގަކޮއްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: