ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރޭ: މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެމެމްބަރު މުހައްމަދު އިސްމާއިލް/ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި ފާހަގަކުރެވޭ ވަރަށް މައްޗަށް ގޮސްފައިވާ، ގޭންގް ވައޮލެންސް އަދި އަންހެނުންނަށް ކުރެވޭ ގޯނާތައް ފަދަ ކަންކަމާއި ދެކޮޅަށް އިދިކޮޅުން ކުރާ މަަސައްކަތްތަކުގެ ތެރެއިން ކަމާއި ބެހޭ މުއައްސަސާތަކަށް ފޮނުވޭ ބައެއް ސިޓީތަކަށް ސަރުކާރުން ޖަވާބުދާރި ނުވާކަމަށް ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށް ފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، ދިވެހި މުޖުތަމައުގައި ހިނގާ ބޮޑެތި އިޖްތިމާއީ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކޮށް އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެތައް މަސައްކަތްތަކެއް ކޮއްފައިވާނެކަމަށެވެ. އެގޮތުން ހުޅުމާލޭގައި ކެންޔާއަށް ނިސްބަތްވާ ރައްޔިތަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އިކޮޅުން މަގުތައް މައްޗަށް ނުކުމެ އިހުތިޖާޖުކޮށް ކަމާއިބެހޭ މުއައްސަސާތަކަށް ސިޓީ ލާފައިވާނެކަމަށާއި ހޯމް މިނިސްޓަރާއިވެސް ބައްދަލުކޮށްފައިވާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. ނަމަވެސް ރައީސުލް ޖުމުހޫރިއްޔާއާއި ބައްދަލު ކުރަން މަސައްކަތް ކުރެއްވިނަމަވެސް އެ ފުރުސަތު ލިބިފައި ނުވާކަމަށްވެސް އެނާ ފާހަގަކުރެށްވިއެވެ.

ދިވެހި ރާއްޖޭގައި ހިންގަމުންދާ ބޮޑެތި އިޖްތިމާއީ ކުށްތަކާއިމެދު އިދިކޮޅު ކޯލިޝަންއިން ކަންބޮޑުވާކަމަށް ފާހަގަކުރަށްވާ އިތުރަށް ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އިދކޮޅުން ވާނީ ކަންބޮޑުވުން ފާޅުކޮށް ބޮޑު އިހްތިޖާޖެއް ކޮށްފައިކަމަށެވެ. އެހެންކަމުން އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުން އިސްނަގައިގެން 8 ފޫޓުގެ ދިގު އަދި 4 ފޫޓު ފުޅާ ޕްލައިވުޑް ފިލައެއްގައި ސީޓީއެއް ލިޔެގެން ރައީސް އޮފީސް ދޮށަށް އިހްތިޖާޖް ކުރަން ދިއުމަށް މަސައްކަތްކުރިމަކަމަށް ފާހަގަކުރައވާ އިސްމާއިލް ވިދާޅުވީ، އެހެންމަވެސް ރައްޔިތުންގެ މަޖިލީހާއި ހިސާބުން ފުލުހުންވަނީ އެ މަސައްކަތަށް ހުރަސް އަޅާފައިކަމުން، ރައީސް އޮފީހަށް ވަދެވޭނެ އިންތިޒާމް ހަމަޖެހުނީ އެ ސިޓީ ޕްރިންޓްކޮށްގެން ކަމަށެވެ. އަދި ހަވާލުކުރެވުން ނަމަވެސް އެ ސިޓީއަށް މިއަދާއި ހަމައަށްވެސް ޖަވާބެއް ލިބިފައިނުވާކަމަށް މުހައްމަދު އިސްމާއިލް އިޝާރާތްކުރެށްވިއެވެ.

ރާއްޖޭގައި އިޖްތިމާއީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށްއެދި މުޖުތަމައުގައި ފާހަގަކުރެވިފައިވާ ބޮޑެތި މައްސަލަތަކުގައި އިދކޮޅު ކޯލިޝަނުން ސަރުކާރުގެ މުއައްސަސާތަކަށް ހުށައަޅަމުންދާ ބައެއް ސިޓީތަކަށް ޖަވާބެއް ލިބިފައިނުވާކަމަށާއި ލިބިގެންދާ ޖަވާބުތައް އެކަށީގެން ނުވާކަމަށް ފާހަގަކުރަށްވާ މުހައްމަދު އިސްމާއިލް ވިދާޅުވީ، ދިވެހި ރާއްޖޭގައި އަންހެނުންނަށް ކުރެވެމުންދާ ގޯނާތަކާއި ފުރައްސާރައިގެ މައްސަލައިގައި ޕީޕީއެމްގެ އަންހެންވެރިން އިސްނަގައިގެންވާނީ ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖްކޮށްފައި ކަމަށެވެ. ނަމަވެސް އެ ދުވަހު ޖެންޑާރ މިނިސްޓަރ ބައްދަލުކޮށްފައިނުވާކަމަށް ފާހަގަކުރަށްވާ އެނާ ވިދާޅުވީ، އެއްށްފަހު ހުށައެޅި ސީޓީގެ ޖަވާބެއް ލިބިގެންދިއަނަމަވެސް، ޖަވާބުދާރީވެފައިވަނީ “ފިނޑި” މޭރުމަކުން ކަމަށާއި އެފަދަ ކަންކަން ހައްލު ކުރެވިފައިނުވާ ކަމަށްވެސް އެނާ އިޝާރާތްކުރެށްވިއެވެ.

ރާއްޖޭގައި ހިނގާ ބޮޑެތި ކުށްތަކުގެ މައްސަލައިގައި އިދިކޮޅުން ކަނބޮޑުވުން ފާޅުކޮށް އެކަމާއި ދެކޮޅަށް ހިންގާ މަސައްކަތްތަކުގައި ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެވިފައިނުވާކަމަށް އިޝާރާތްކުރަށްވާ އިތުރަށް ވާހަކަދައްކަވަމުން، މުހައްމަދު އިސްމާއިލް ވިދާޅުވީ، އިދިކޮޅު ކޯލިޝަންއިން ކުރަމުންދާ މަސައްކަތަކީ އެއްވެސް ހާލަތެއްގައި އަމިއްލަ މަސްލަހަތައް ފެތޭ މަގުސަދެއް ހާސިލު ކުރުމަށް ވަކި މައްސަލައެއްގައި ހިފައި ދެމުމެއް ނޫންކަމަށެވެ. އަދި ފާހަގަކުރެވޭ ހުރިހާ މައްސަލަތަކެއްގައިވެސް މަގުތައް މައްޗަށް ނުކުންނަން ޖެހިއްޖެ ހާލަތު އައުމުން ނުކުންނަކަން އެނާ ވަނީ ފާހަގަކުރަށްވާފައިއެވެ.

“ހަަބަރަށްފަހު” ޕްރޮގްރާމްގައި އިތުރަށް ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، އިދިކޮޅުން ރާއްޖޭގެ އިޖްތިމާއީ ހާލަތު ރަނގަޅު ކުރަން އެތައް މަސައްކަތެއް ކުރި ނަމަވެސް ހުރިހާ ބާރުތަކެއްވަނީ ވެރިކަން ކުރާ ފަރާތްތަކުގެ އަތުގައި ކަމަށްވުމުން ދަތިތަކެއް ކުރިމަތިވާކަމަށެވެ. އަދި ދިވެހި ފުލުހުންގެ މުއައްސަސާ އައި ދިފާއީ ބާރު އެމްއެންޑީއެފްއަށް މިނިވަންކަމާއެކު މަސައްކަތްތައް ކުރުމުގެ ފުރުސަތު އޮތްނަމަ މިހާރު އޮތް ހާލަތައް ދިވެހި މުޖުތަމައު ނުދާނެކަމަށް އެނާ ފާހަގަކުރެށްވިއެވެ. ނަމަވެސް އެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތަކީ މިހާރު އޮތް ވެރިކަން ދެމެހެއްޓުމާއި މިހާރުގެ ވެރިންނަށް 2023ގައިވެސް ވެރިކަން ހޯދައިދިނުމުގެ މަސައްކަތްތައްކަމަށް އިޝާރާތްކުރަށްވާ މުހައްމަދު އިސްމާއިލް ވިދާޅުވީ، މިފަދައިންކަންކަން އޮތް ހިނދު ދިވެހި ފުލުހުންނާއި ދިފާއީ ބާރަކީ ގާނޫނު ރަނގަޅުގޮތުގައި ތަންފީޒު ކުރުމަށް އެ އިމުގެ ތެރެއިން ރައްޔިތުންނަށްޓަކައި އަދި ގައުމަށްޓަކައި މަސައްކަތްކުރަމުންދާ ދެމުއައްސާކަމަށް އެނާ ގަބޫލު ނުކުރަށްވާ ކަމަށެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ މުއައްސާސާ އަދި ދިފާއީ ބާރުން މަސައްކަތްކުރަމުންދަނީ މިނިވަންކަމާއި އެކު ނޫންކަމަށް އިޝާރާތްކުރަށްވާ ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ އިންޑިއާއިން ބޭނުންވެއްޖެ ހާލަތެއްގައި ދިވެހި ރާއްޖެ ހިފިދާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައިވުމުން އެ ކަމަނާގެ ނަޒާހާތްތެރިކަމާއިމެދު ސުވާލުތަކެއް އުފެދިފައިވާކަމަށެވެ. އަދި އެހެންގައުމެއްގައި އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ ބަސްތަކެއް ވިދާޅުވެއްޖެ ހާލަތެއްގައި އިސްތިއުފާދޭން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް މުހައްމަދު އިސްމާއިލް ވަނީ ފާހަގަކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: