ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީލަރުންގެ ހައްގަށް އިސްކަންދޭ މައްސަލައިގައި ޕީޖީއާއި ސުވާލުކުރަންޖެހޭ: ބޮންޑެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ މުޖުތަމައުގެ ހައްގަށް ވުރެ ޑްރަގު މަސްތުވާތަކެތީގެ ވިޔަވާރީގައި އުޅޭ ޑީލަރުންގެ ހައްގަށް ޕްރޮސެކިއުޓާރ ޖެނަރަލް ހުސައިން ޝަމީމް އިސްކަންދެއްވާ ސަބަބާއިމެދު ސުވާލުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

މާލޭގެ އެއްވެސް ވަރަކަށް ބޭނުން ނުކުރާ އިމާރާތެއްގެ ތަޅުންގަނޑުގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، ހައްޔަރު ކުރި ދެ މީހުން ބަންދުން ދޫކޮށްލަން ޖެހުނީ އިޖުރާއީ ބޮޑެތި ގޯސްތަކެއްގެ ސަބަބުންނެވެ. ގާނޫނާ ހިލާފަށް، ކޯޓު އަމުރު ނުހޯދައި ތަން ބަލައި ފާސް ކުރުމުގެ ސަބަބުން އެ މީހުންގެ މައްޗަށް ދައުވާ ކުރެވެން ނެތީކަމަށް ޕީޖީން މީޑިއާތަކަށް މައުލޫމަތު ދެ އެވެ.

މ. ލަވްނެސްޓް އިން ގިނަ އަދަދެއްގެ ހެރޮއިން ފެނުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އަހުމަދު ހުސެއިނާއި (39 އ.) ، އަބްދުﷲ ނަޝީދު (46 އ.) އެވެ. ދައުވާ ކުރުމަށް ފޮނުވި ނަމަވެސް، އެ މީހުންގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ޕީޖީން ނިންމީ މައިގަނޑު ތިން ސަބަބަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

ޕީޖީ އޮފީހުން ދެއްކި ސަބަބުތައް

‎1 . މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިމެ، އެގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމާއި، ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، ތަން ބަލައި ފާސް ކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ، މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމުގައިވުން.

‎2. މި މައްސަލައިގެ ސީންގައި ކަންވީ ގޮތާއި މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރުން

‎3. މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައިފާސް ކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތަތީއާއި، މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާއި، ފެނުނު މަސްތުވާތަކެއްޗާއި ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވުން.

މި މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް އިބްރާހިމް ރަޝީދު ވިދާޅުވީ، ގައުމެއްގެ ހާލަތު މިފަދައިން ގޯސްވެގެން ގޮސްފައިވާއިރު، ޕީޖީގެ ފަރާތުން ފެނިގެންދާ މިފަދަ ކަންކަމާއިމެދު މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީތައް މަޑުން އޮވެގެން ނުވާނެކަމަށެވެ. އަދި ދިވެހި މުޖުތަމައަށް ވުރެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހައްގަށް ޕީގީ ޝަމީމް އިސްކަން ދެއްވާ ސަބަބާއި ގުޅޭ ގޮތުން އެނާ ހާޒިރުކޮށް ސުވާލު ކުރަން ޖެހޭކަމަށާއި، އެއްފަހު ވަޒީފާއިން ވަކި ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރަންޖެހޭނެކަމަށް އިބްރާހިމް ރަޝީދު ވިދާޅިއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހެކި ހޯދުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފުވުމުގެ ސަބަބުން ކޯޓުން ގިނަ މީހުން ވަނީ ދޫވެފަ އެވެ. އަދި ޝަރީއަތުގައި ހުށަހަޅަން ޖެހޭ ބައެއް ހެކި ހުށަހެޅުމާއި، ބައެއް ލިޔުންތައް ހުށަހެޅުމުގައި އިހުމާލުވުމުގެ ސަބަބުން ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ބަންދުން ދޫވެ އެވެ.

މި މައްސަލައިގައި މަޖިލީހުގައި ބަހުސްތަކެއް ކުރި ނަމަވެސް ތަހުގީގުތަކުގައި ގަސްތުގައި ގޯސްހަދާ ފުލުހުން ތިބޭކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި ވާހަކައަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެކޮޅު ހައްދަވަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: