ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ސިއްހީ ހިދުމަތުގެ، 100 އިންސައްތަ ހައްގުވެރިޔަކީ ރައީސް ޔާމީން: ނާޒިމް

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ސިއްހީ ހިދުމަތުގެ ކްރެޑިޑުން ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައްވާފައި މި ސަރުކާރަށް ނެގޭނެ އެއްޗެއް ނޯންނާނެކަމަށާއި އެ ކްރެޑިޑްގެ ހައްގުވެރި ފަރާތަކީ އެބޭފުޅުންގެ ތަރައްގީގެ ބާނީ ރައީސް ޔާމީންކަމުގައި ކުރީގެ ސިއްހަތާއި ބެހޭ ވަޒީރު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އައްޑޫގެ ސިއްހީ ނިޒާމަކީ އެ ސިޓީގެ ރައްޔިތުންގެ ކުރިއެރުނމާއި ގުޅިފައިވާކަމެއްކަމަށެވެ. އަދި އައްޑޫއަކީ ދިވެހި ރާއްޖޭގެ 30،000 ވުރެ ބޮޑު އާބާދީއެއް ހިއްސާ ކުރާ ސިޓީއެކަމަށް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އައްޑޫއަށް ތަރައްގީ ނާންނަކަމުގައިވަނީނަމަ ރާއްޖެއަށް ތަރައްގީ ނާންނަކަމަށް ވަރަށް ގިނަ ވެރިން ފާހަގަ ކުރައްވާކަމަށެވެ.

ހަމަ މިފަދައިން އައްޑޫގެ ސިއްހީ ނިޒާމު ރަނގަޅުކުރުމުގެ ވާހަކަތައް ވަރަަށް ގިނަ ވެރިން އެބޭފުޅުންގެ ރިޔާސީ ކެމްޕެއިންތަކުގައި ދެއްކެވިކަމަށާއި އެހެން ނަމަވެސް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގެ ނަމުން ނަންދެވިފައިވާ ހޮސްޕިޓަލަކީ ހަމައެކަނި ރައީސް ޔާމީންގެ ސިޔާސަތެއްކަމަށާއި އެމަނިކުފާނު ވަރަށް ބޮޑު ހުވަފެނެއް ގޮތުގައި ދެކި ފެއްޓެވި މަޝްރޫއުއެއްކަމުގައި ވިދާޅުވިއެވެ.

160 މިލިއަން ރުފިޔާއަށްވުރެ ބޮޑު މި މަޝްރޫއުއަކީ ސައުދީ ފަންޑުންނާއި އަދި އެހެނިހެންވެސް ފަންޑުތަކުން ލޯން ނަންގަވާ ދައުލަތުގެ ބަޖެޓުންވެސް ވަރަށް ބޮޑު ހޭދައެއް ކުރައްވައިގެން ހިންގެވި މަޝްރޫއުއެއްކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ. އައްޑޫ އިކުޓޯރިއަލް ސެންޓާ ހޮސްޕިޓަލަކަށް ބަދަލު ކުރެއްވުމަށް ރައީސް ޔާމީން ވަރަށް ބޮޑެތި މަސައްކަތްތަށް ކުރެއްވިަކަމަށާއި އެ ގެނުވުނު ހެޔޮ ބަދަލުތަކާއިރައް އައްޑޫގެ ރައްޔިތުންނަށް އެގިވަޑާއިގަންނަވާނެކަމުގައި ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީން އުއްމީދު ކުރެއްވި ވަރަށް ނުވަތަ ރައީސް ޔާމީން އެ ހޮސްޕިޓަލް ހިންގާ ހިދުމަތް ދިނުމަށް ޕްލޭން ކުރެއްވި ވަރާއި ގާތަށްވެސް މިއަދުގެ ސަރުކާރުގެ ދައުރު ނިމިގެންދާއިރުވެސް ހިދުމަތް ދެމުންދާތަން ނުފެންނަކަމުގައި ނާޒިމް ކަންބޮޑުވުމާއިއެކު ފާހަގަކުރެއްވިއެވެ.

މިކަމާއި ބެހޭ ގިނަ ސުވާލުތަކެއް އެ ހޮސްޕިޓަލް ހިންގަވާ ބަލަހައްޓަވާ ފަރާތްތަކުގެ އިތުރުން ހެލްތް މިނިސްޓްރީއާއިވެސް ކުރަން އެބަހުރިކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ފާހަގަކުރެއްވީ ހޮސްޕިޓަލުގައި ހުރި ކާޑިއޮލޮޖީ ޑިޕާޓްމެންޓް ފަންގްޝަން ނުހިގާ ސަބަބު އެގެން ބޭނުންވެވަޑައިގަންނަވާކަމަށާއި އައްޑޫ ރައްޔިތުންވެސް މިކަމާއިމެދު ސަރުކާރާއި ސުވާލު ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. ހިތުގެ މައްސަލައެއްގައި ކާޑިއޮލޮޖީ ޑިޕާޓްމެންޓުގެ ފަރާތުން ޑައިގްނޯޒް ނުކުރެވުމުގެ ސަބަބުން ދާދި ފަހުން އައްޑޫގައި ފުރާނަ ގެއްލުނު ފަރާތް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫ އިކުޓޯއިއަލް ހޮސްޕިޓަލުގައި ފަސް އޮޕަރޭޝަން ތީއޭޓާއެއް އިމާރާްތް ކޯށްފައިވާއިރު އޭގެ ތެރެއިން ފަންގްޝަން ކުރަމުން ދަނީ އެއްމެ އޮޕަރޭޝަން ސެންޓަރެއްކަމަށާއި މިއީ ކީއްވެގެންތޯ ބަލައި މި ސުވާލުގެ ޖަވާބު އެގެން ބޭނުންވާކަމުގައި ޏާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ދައުރު ނިމެން ގާތްވެފައި ވަނިކޮށް ހުޅުމާލެ ހޮސްޕިޓަލްގައި ކެޓްލެބެއް ގާއިމްކުރުމަށްޓަކައި ކެޓްލެބް ސެޓެއް ގެނެވުނުކަމަށާއި މި ސަރުކާރުން އެތަކެތި އައްޑޫ ހޮސްޕިޓަލަށް ގެންދަވަން ނިންމެވުމަކީ ރަނގަޅު ނިންމުމެއްކަމުގައިި ދެކޭކަމަށް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެކަމަށް ތިން އަހަރު ވެގެން ދިޔައިރުވެސް އެ ކެޓްލެބް އިންސްޓޯލްނުކުރެވި ބާ ދަނގަޑަށް ވާން ބެހެއްޓިފައިހުރި ހުރުމާއި އިންސްޓޯލްކުރުމަށް މިހާ ގިނަ ދުވަސް ނެގި ސަބަބާއިމެދުވެސް ނާޒިމް ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ބޮޑެތި މި ހޮސްޕިތަލުން އެޅުއްވީ ފޮނި އުއްމީދުތަކަކާއިއެކުކަމަށާއި އޭގެ ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ސިއްހީ ގިނަ ހިދުމަތަކެއް އެއް ތަނަކުން ލިބޭނެ އިއްތިޒާމް ހަމަޖައްސަދީ އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން މާލެ ގެންނަ ޖެހޭ ބަލި މީހުންގެ އަދަދު މަދުކުރުން ހިމެނޭކަމުގައި ނާޒިމް ވިދާޅުވިއެވެ.

މި ހޮސްޕިޓަލް ފަރުމާކޮށް އިންފްރާސްތްރަކްޗާ ގާއިމްކުރެވިފައިވަނީ މި ރީޖަންގައިވެސް ނެތް ހިތްގައިމް ރީތި ހޮސްޕިޓަލެއްފަދައިންކަމަށް ވިދާޅުވެ ފާހަގަކުރެއްވީ އެމަޖެންސީ ރޫމާއި ޖެހިންވެސް އޮޕަރޭޝަން ތީއޭޓާއެއް ހުންނާނެކަމަށާއި ނަމަވެސް އޮޕަރޭޝަން ތީއޭޓާވެސްމިއަދު ބޭނުން ކުރެވިގެންދާތައް ފެންނަނީ ގުދަނެއްގެ ސިފައިގައިކަމަށް ވިދާޅުވިއެވެ.

ތަރައްގިއަކީ ދެމެހެންޓެނިވި ގޮތުގައި ކުރިއަށް ދާންޖެހޭނެކަމެއްކަމަށާއި ތަރައްގީ ގެނައުމަށްޓަަކައި ފުރަތަމަކަމަށް މިއަދު ތިބި ހިސާބު ދެނެގަންނަންޖެހޭކަމުގައި ވިދާޅުވިއެވެ. މިއަދު ެ ހޮސްޕިޓަލް ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ އަތަށް ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ހަވާލުވީމައި އެބޭފުޅުންގެ ޒިންމާއަކީ އެތަނުން ލިބެން ހުރި ހިދުމަތްތަށް ރަނގަޅަށް ރައްޔިތުނަށް ދިނުކަމުގައި ފާހަގަކުރެއްވިއެވެ.

އޭނާ ކަންބޮޑުވެލައްވަނީ ރައީސް ޔާމީންގެ މި އުއްމީދާއި ތަސައްވަރުން ފެއްޓެވި މަސައްކަތް މިއަދުގެ ސަރުކާރަށް ހޮސްޕިޓަލުގެ މެނޭޖްމަންޓްއިން ކްރެޑިޑްދީ މިއީ އަދުގެ ސަރުކާރުގެ މަސައްކަތެއްގެ ގޮތުގައި ދައްކަވަން އުޅުއްވާތީ ވިދާޅުވެ ފާހަގަކުރެއްވީ މިއީ ވަރަށް ނާތަހުޒީބީކަމެއްކަމަށެވެ. އަދި ސަރުކާރުންވެސް މީޑިއާތަކުގައި އެއީ މިއަދުގެ ސަރުކާރުގެ ”ބޯލްޑް ޑެޒިޝަނެއް“ ގޮތަށް ސިފަވާ ގޮތަށް ވާހަކަދެއްކެވުމަކީ އެއީވެސް ވަރަށް ނާތަހުޒީބީކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

“ މިއަދު އެތަން ހިއްގަވަން ހުންނެވި ޑރ ސާލިހަކީ އަޅުގެ ވަރަށް އިހުތިރާމް ކުޜާ ބޭފުޅެއް، އަޅުގަނޑު ގަބޫލު ކުރައްވަނީ އެބޭފުޅާގެ ވިސްނުން ހުންނާނީ ވަރށް ޕްރޮފެޝަނަލްކޯށް ހިދުމަތްދޭންކަމަށް، ނަމަވެސް ސަރުކާރުގެ ނުފުޒާއި ނޭންގާނީ ސަރުކާރެއްގެ ސިފަތައް ހޮސްޕިތަލެއްގެ ތެރެއިން ފެންނަންވީމައި އެއީ އަޅުގަނޑު ވަރަށް ހިތާމަ ކުރާކަމެއް“ ނާޒިމް ވިދާލުވިއެވެ.

ރައްޔިތުންގެ މިފަދަ އިޖްތިމާއީ ހިދުމަތްތަކެއް ސިޔާސީ ބޭނުމަކަށް ސިޠާސީ ވެރިންގެ މަގުބޫލުކަން އިތުރު ކުރުމަށްޓަކައި ދޮގު މައުލޫމާތުގެ ގޮތުގައި ފެތުރުމަކީ ވަރަށް ނޭންގާނީ އަމަލެއްގެ ގޮތުގައި ނާޒިމް ސިފަކުރެއްވިއެވެ. ހާއްސަކޮށް ސިއްހި ހިދުމަތް ދޭ ތަނަކުން މިފަދަ ކަންތައްތައް ކުރުމުން ތަނުގެ އިތުބާރާއިމެދުވެސް ރައްޔިތުން ސުވާލު އުފައްދާނެކަމަށް ވިދާޅުވިއެވެ.

އައްޑޫގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް ބޯލްޑް ޑެސިޝަނެއް ނެގި ވާހަކަ ދައްކަވަމުންގެންދަމުންދާ ދަނޑިވަޅެއްގައި އައްޑޫގެ ސިއްހީ ހިދުމަތުގެ އިންގިލާބް ގެނެސްދެއްވި ވެރިންނަކީ ކޮބައިތޯ ސުވާލުއުފައްދަވާއިރު އިހުމާލުވެ މިފަދަ ކަންކަމަށް ކްރެޑިޑް ނަގަން އުޅުމަކީ ރައްޔިތުން ބަލައިގަންނާނެކަމެއްނޫންކަމުގައި ފާހަގަކުރެއްވިއެވެ. ސަރުކާރު ޕްރޮމޯޓް ކުރުމުގެ ނިޔަތުގައި މިފަދަ އިތުރުފުޅުތައް ހެއްދެވި ނަމަވެސް މިފަދަ ދޮގުތަކުގެ ސަބަބުން ސަރުކާރު ބަދުނާމުކަމުގައި ވިދާޅުވެ ފާހަގަކުރެއްވީ ރައްޔިތުން މިއަދު މިކަންކަމަށް ހޭލުންތެރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: