ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސޫލާއަށް ފުުރައްސާރަ ކުރުން ކުށްވެރިކޮށް ހުށަހެޅި މައްސަލަ ތަޅުމުން ބޭރު ކުރަން ވިޕެއް ނުނެރޭ: އެމްޑީޕީ ޕީޖީ ގުރޫޕް

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކު ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައި ނުވާ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ޗީފް ވިޕް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުލް މަޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދޭން ޖެހޭނެ ގޮތް ނިންމައި ތްރީ ލައިން ވިޕް ނެރެނީ ސަރުކާރުން ކަމަށާއި އަދި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް ހުށަހެޅި ކުއްލި މައްސަލަ ވެސް ބޭރު ކޮށްލަން ތްރީ ލައިން ވިޕެއް ނެރުނީ ސަރުކާރުން ބުނެގެން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމާއި ގުޅިގެންނެވެ.

މަޖިލީހުގައި ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ސަރުކާރާއި މަޖިލީހުގެ ބާރުތައް ގާނޫނުއަސާސީން ވަކިކޮށްފައި ވިޔަސް މިހާރު އެ ދެ ބާރު އޮންނަނީ އެއްވެފައި ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވިޕް ލައިން ނެރެމުން އަންނަނީ ސީދާ ސަރުކާރުން އަންގާ ގޮތަށް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކު ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލާގައި ހުށަހެޅި މައްސަލަ މަޖިލީހުން ބޭރު ކޮށްލަން މިއަދު ފާސްކުރުމުން ބޮންޑޭ ވިދާޅުވީ އެކަމުގެ ސަބަބުން ބޮޑެތި ފިތުނަތަކެއް އުފެދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ވޯޓު ދޭނެ ގޮތެއް ކަނޑައަޅަން ސަރުކާރަށް ވިޕް ނުނެރެވޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.

މި ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީ ޕީޖީ ގުރޫޕުގެ ޗީފް ވިޕް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޣުނީ ”ސަންގު ޓީވީ“ އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާން ދެއްކި ވާހަކަތައް ކުށްވެރިކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކުރުމަށް ވަކި ގޮތަކަށް ވިޕް ނެރުމަށް ސަރުކާރުން އަންގާފައި ނުވާ ކަމަށާއި އަދި ކުއްލި މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީ ލައިން ވިޕެއް ނެރެފައި ނުވާ ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހެޅުމުން އަމަލު ކުރާ ގޮތަކީ ޕީޖީ ގުރޫޕުގެ ލީޑަރޝިޕްގެ މެމްބަރުން ތިއްބަވާ ގުރޫޕަށް އެ މައުލޫޟާތު ހިއްސާ ކުރަނީ ކަމަށެވެ. އަދި ތްރީ ލައިން ވިޕް ނެރެން ނިންމަނީ އެ ގުރޫޕުގެ ނިންމުމަށް ފަހު ކަމަށް މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރި ކުރުމަށް ހުށަހެޅި ކުއްލި މައްސަލަ ޕީޖީ ގުރޫޕުގެ ލީޑަރޝިޕް މެމްބަރުން ތިއްބަވާ ގުރޫޕަށް ހިއްސާ ކުރުމުން ލީޑަރޝިޕްގެ މެމްބަރުން ނިންމީ އެ މައްސަލައަކީ އިންޑިއާގެ ވެރިކަންކުރާ މައި ޕާޓީ ބީޖޭޕީ ގެ އެތެރޭގެ މައްސަލައެއް ކަމަށާއި އަދި އެ މައްސަލައާއާއި ގުޅިގެން ރަސޫލާއަށް ފުުރައްސާރަ ކުރި ދެ މީހުންނާއި މެދު ބީޖޭޕީން ފިޔަވަޅު އަޅާފައިވާތީ ރަތަށް ފިއްތުމަށް ލީޑަރޝިޕުން ނިންމީ ކަމަށެވެ. އަދި އެ ނިންމުމަކީ ސަރުކާރުން ބުނެގެން ނިންމި ނިންމުމެއް ނޫން ކަމަށާއި އަދި މި މައްސަލައަކީ ތްރީ ލައިން ވިޕެއް ނެރެފައިވާ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުއެވެ.

ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ތަރުޖަމާން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ އިސްލާމީ ގައުމުތަކުން ކުށްވެރިކުރަމުންދާއިރު ދިވެހި ސަރުކާރުން އެ މައްސަލަ ކުށްވެރި ނުކުރާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ބީޖޭޕީން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވެސްވެއެވެ.

ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ. އެ މައްސަލައާއި ގުޅިގެން އިސްލާމީ ބައެއް ގައުމުތަކުންނާއި އިންޑިއާގެ މުސްލިމުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން ފެށުމާއި ގުޅިގެން ބީޖޭޕީން ވަނީ އެޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: