ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރި ކުރުމުން ރާއްޖެ ބޮއިކޮޓު ކުރަން އިންޑިއާއިން ގޮވަނީ!

އިންޑިއާ ރައްޔިތުން ދިވެހި ރާއްޖެ ބޮއިކޮޓް ކުރަން ގޮވަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސޫލާ ﷺ އަށް އިންޑީއާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންތަކެއް ފުރައްސާރަ ކުރިމައްސަލައިގައި ދިވެހި ރާއްޖޭގެ ސަރުކާރުންނާއި ސިޔާސީ ވެރިން އަދި ރައްޔިތުންވެސް އެކަން ކުށްވެރިކޮށް ފާޑުކިޔަމުން ދިއުމުގެ ސަބަބުން އިނޑިއާގެ ރައްޔިތުންތަކެއް ދިވެހި ރާއްޖޭ ބޮއިކޮޓްކުރުމަށް ގޮވަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލަމުންދާ އިންޑިއާގެ ރައްޔިތުން ބުނަމުންދަނީ، ޗުއްޓީ ހޭދަކުރުމަށް ދިވެހި ރާއްޖެ ދިއުމުގެ ބަދަލުގައި އެހެނިހެން ގައުމުތަކަށް ދިއުމަށެވެ. އަދި ”ބޮއިކޮޓް މޯލްޑިވްސް“ ނަމުގައި އެ މީހުން ހޭޝްޓެގެއް ވެސް ބޭނުންކުރަމުން އެބަދެއެވެ.

އިންޑިއާގެ ރައްޔިތުން މިފަދައިން ޓްވިޓާރގައި ކެމްޕެއިނެއް ފަށާފައިވާނަމަވެސް އެގައުމުގެ ސަރުކާރުން އެކަން ހުއްޓުވުމަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. އެހެންނަމަވެސް ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، އާންމު ރައްޔިތުން ގުޅިގެން ހިންގަމުންދާ ”އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ދިވެހި ރާއްޖެގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއްގައި ސޮއިކޮށް ނެރުއްވާފައިއެވެ. މި ގަރާރުގެ ދަށުން އަވައްޓެރި ގައުމުތަކާއި ދޭތެރޭގައި އޮންނަ ގުޅުމަށް ބުރޫއަރާފަދަ އަމަލުތަކަކީ، ގާނޫނީ ގޮތުން މަނާ ކުރެވިފައިވާކަމެކެވެ. އެހެންކަމުން އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި ދެކޮޅަސް އަޑުއުފުލަމުންދާ ރައްޔިތުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ވަނީ، ފުލުހުންނާ ދިވެހި ދިފާއީ ބާރުގެ ބޭނުންކޮށްފައިއެވެ.

އިންޑިއާގެ ބައެއް ރައްޔިތުން ”ބޮއިކޮޓްމޯލްޑިވްސް“ ހޭށްޓެގް ބޭނުންކޮށް ބުނަމުންދަނީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަން އޮންނަނީ އިންތިހާއަށް އިންޑިއާއަށް ބަރޯސާވެފައިކަމަށެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ސަރުކާރުން ބީޖޭޕީގެ އަމަލުތައް ކުށްވެރިކޮށްފައިވާކަން ފާހަގަކޮށް، ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާފައިވެއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންތަކެއް ދިވެހި ސަރުކާރުން ކުށްވެރި ކުރުމާއި ގުޅިގެން ދިވެހި ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާގެ ގިނަ ރައްޔިތުން ގޮވާލަމުންދާއިރު، ދިވެހި ރާއްޖެއަކީ މިހާރު ޗުއްޓީހޭދަކުރަން ނުފެންނަ ގައުމެއް ކަމަށާއި، ދިވެހި ރާއްޖެއަކީވެސް ”ފިލާވަޅެއް ދަސްކޮށްދޭންޖެހޭ“ ގައުމުތަކުގެ ތެރޭގައި ހިމެނިފައިވާ ގައުމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ބައެއް ފަރާތްތަކުން އިސްލާމީ ނޫން ގައުމުތަކަށް ދާން ފެންނަކަމަށާއި، ހައިބަތު ދައްކަން މަސައްކަތްކުރާނަމަ އެބައި މީހުންގެ ބޫޓު ދައްކާލަން ވަގުތު ޖެހިއްޖެކަމަށްވެސް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

 

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ފަރާތްތަކެއް ދެއްކިވާހަކަތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރުނީ، ދިވެހި ސަރުކާރުން އެކަން ކުށްވެރިނުކޮށް ދުވަސްތަކެއް ވެފައިވުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށްކަމަށް ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅުވައި ރައީސް ސޯލިހު ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވާފައިއެވެ. ރައީސް ސޯލިހު ވިދާޅުވީ، އެފަދަ ކަމެއް އެ މަނިކުފާނުގެ ސަމާލުކަމަށް އައުމުން އެކަމަށްވާނީ ދެ ދުވަސްތެރޭގައި ކުށްވެރިކޮށް ބަޔާނެއް ނެރިފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: