ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ނަމެއް 2023 ކަރުދާހަކު ނޯންނާނެ، ރައީސް ސާލިހަކީ ޕީޕީއެމްއަށް ތްރެޓެއް ނޫން: ސުޖާއު

އިބްރާހިމް ޝުޖާއު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ޕީޕީއެމްއަށް ތްރެޓެއްނޫންކަމަށާއި އަދި 2023 ވޯޓު ކަރުދާހުގައި ސޯލިހްގެ ނަން ނޯންނާނެކަން އެބޭފުޅުންނަށް ހުޅުމާލެ ކައުންސިލް ރައީސް އިބްރާހީމް ސުޖާއު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި “މަވެސް ޕީޕީއެމްގެ” ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ ރައްޔިތުންނާއިއެކު އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި ގައުމު އަމާން ބަނދަރަކަށް ގެންދިޔުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.

ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންކަމަށް އިއުލާންކުރައްވާފައެވެ. އަދި އެމްޑީޕީއަށް ވެރިކަން މުހިއްމުކަމަށާއި އެހެންކަމުން އެމަނިކުފާނަކީ އެމްޑީޕީއަށް ހުރި ޗޮއިސްއެއްކަމުގައިވެސް ޕްރެސްގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ޕީއެންސީގެ ނައިބް އަދި އިދިކޮޅުގެ ޕީޖީ ލީޑަރު މަޑުއްވަރި ދާއިރާގެ މެމްބަރު، އާދަމް ޝަރީފް އުމަރުވެސް ވަނީ ޓްވީޓެއް ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބަލިކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެޑިޑޭޓު ޔާމީންއަށް ފަސޭހަވާނެކަމުގައި ވިދާޅުވެފައެވެ.

މިކަމުގެ ސަބަބެއްކަމުގައި ޓްވީޓުގައި އާދަމް ޝަރީފް ފާހަގަކުރައްވާފައިވަނީ ރައީސް ސޯލިހުގެ ސަރުކާރު “ސްލޯ” ވުމާއި އަދި ކޮރަޕްޝަންގެ އަމަލުތައް ގިނަވުމުގެ އިތުރުންވެސް ގޮތްނޭގޭ މަރުތަކަށް އިންސާފު ހޯދައިދެވިފައިނުވާއިރު، ސަރުކާރު މަތިބަރު ނަމަވެސް ފޯރުކޯށްދޭންޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްނުދެވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: