ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

’ނަޝީދަށް ރައީސް ސޯލިހުގެ ރަނިން މޭޓުކަން ވެސް ހައްގު ނުވަނީތޯ‘

މަހިބަދޫ ދާއިޜާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ، ރައީސް ސޯލިހުގެ ރަނިންގމޭޓުގެ މަގާމުވެއްސް ހައްގު ނުވާފަދަ ބޭފުޅެއްތޯ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު(ޓޮމް) ސުވާލު ކުރައްވައިފި އެވެ.

2023ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް އިއުލާނުކުރެއްވުމަށް ފަހު، ރައީސް ސޯލިހު، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވަން މާމިގިލިއަށް ވަޑައިގެންފަައިވާ ދަނޑިވަޅެއްގައި ޓްވީޓެއް ކުރައްވާ ތޯރިގު ފާހަގަކުރައްވީ، ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ރިޔާސީ އުންމީދު ނިމުމަކަށް އައިސްފައިވާކަމަށެވެ. އަދި ރައީސް ސޯލިހުގެ ރަނިންގމޭޓެއްގެ މަގާމަށް ގާސިމް ކަނޑައަޅުއްވާފައިވާކަމަށް އިޝާރާތްކުރަށްވާ ތޯރިގު ސުވާލުކުރެއްވީ، އެހެންކަމުން ރައީސް ނަޝީދަކީ، ރައީސް ސޯލިހުގެ ރަނިންގްމޭޓުގެ މަގާމުވެސް ހައްގު ނުވާ ބޭފުޅެއްތޯއެވެ.

ތޯރިގު ވަނީ މީގެ އިތުރުންވެސް ޓްވީޓުތަކެއް ކުރައްވާފައިއެވެ. އެނާ ވިދާޅުވީ، ޖޭޕީގެ ލީޑަރު ގާސިމްގެ ނަން، މަޖިލީހުގެ ރައީސްގެ މަގާމަށް އެނާ ހުށައެޅުއްވިކަމަށެވެ. އަދި އެވަގުތު މަޖިލީހުގައި މެޖޯރިޓީ އޮތީ ރައީސް ސޯލިހުގެ ކަމަށް އިޝާރާތް ކުރައްވާ ތޯރިގު ވިދާޅުވީ، އެހެންނަމެސް އެ ފުރުސަތު އޭރު ގާސިމަށް ދެއްވާފައި ނުވާކަމަށެވެ. އެހެންކަމުން އޭރުވެސް ކޯލިޝަންވަނީ ރޫޅިގޮސްފައިކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި މައުލޫއާއި ގުޅިގެން ތޯރިގް ކުރައްވާފައިވާ ޓްވީޓުގައި ވާގޮތުން، ކޯލިޝަންގެ އެއްބަސްވުމަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރާނެކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ދައުރު ނިމިގެންދާ އިރުވެސް، އެފަދަ ކަމެއް މަޖިލީހަށް ހުށައެޅިފައިނުވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

 

ތޯރިގު މިފަދައިން ވިދާޅުވެފައިވާ އިރު، އެތަކެއް މަސްތަކަކަށް ފަހު ރައީސް ސޯލިހު ވަނީ، ނޫސްވެރިންނާއި ބައްދަލުކުރައްވާފައިއެވެ. އަދި މި ބައްދަލުވުމުގައި، އެމަނަކުފާނުވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް އިއުލާނުކުރައްވާފައިއެވެ. އެހެންކަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީއަށް އެކަނި، ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށެވެ. ނަމަވެސް ކޯލިޝަނަކާއިއެކު ނުކުމެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމަށް ޔަގީންވެލައްވާކަމަށްވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައިއެވެ. މިފަފައިން ވިދާޅުވުމަށް ފަހު، ރައީސް ސޯލިހުވަނީ މާމިގިލިއަށް ވަޑައިގެން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ބައްދަލު ކުރައްވާފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: