ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 އަށް ގާސިމް ނުނިކުންނާނެ ގޮތްތަކެއް ހޯދަން ރައީސް މާމިގިލިއަށް؟

ރައީސް ސޯލިހު އަދި ޖޭޕީގެ ލީޑަރު ގާސިމް އެކުގައި: ފޮޓޯ/ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގައި އިންތިހާބުގެ ވާހަކަތައް ދެއްކެވުމަށް ފަހު ކުއްލިގޮތަކަށް ކޯލިޝަން ޕާޓްނަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. މާމިގިލިއަށް ވަަޑައިގެންފި އެވެ.

ރައީސް ސޯލިހު ކުއްލި ގޮތަކަށް ނުރަސްމީ ދަތުރުފުޅެއްގައި މާމިގިލިއަށް ވަޑައިގެންފައިވާ ސަބަބު، ސަރުކާރުން ހާމަކޮށްފައި ނުވާ އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ވުރެ ގާސިމް އިބްރާހިމްއަށް ދެވަނަ ބުރެއްގެ ފުރުސަތު ބޮޑުކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީޑިއާތަކާއި ބައްދަލު ނުކުރާތާ 09 މަސް ފަހުން ޕްރެސްއެއް ބޭއްވިއިރު ރައީސް ސޯލިހު ވަނީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ހާމަކޮށްފަ އެވެ. ނަމަވެސް މިއީ އެމްޑީޕީ އެކަނި، ނުވަތަ އެމަނިކުފާނު އެކަނި ކާމިޔާބު ކުރެވޭނެ އިންތިހާބެއް ނޫންކަން އެއްބަސްވެވަޑައިގެން ވިދާޅުވީ ދެވަނަ ސާރުކާރެއް ގާއިމު ކުރާނީ ކޯލިޝަނުގެ އެހީއާއި އެކު ކަމަށެވެ.

ރައީސް ސޯލިހު ކޯލިޝަނެއް ހައްދަވައިގެން ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް ވިދާޅުވުމަށް ފަހު މާމިގިއްޔަށް ވަޑައިގަތުމުން މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ރައީސް ސޯލިހުއަށް ކިޔާފައިކަން ފާހަގަކޮށްލެވެއެވެ. ރައީސް ސޯލިހު މާމިގިއްޔަށް ޒިޔާރަތް ކުރުމުން ހޫނު މަރުހަބާއެއް ދެންނެވުމުގައި އިސްކޮށް ގާސިމް ހުންނެވިއެވެ. އަދި ޖުމުހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއްވެސް ތިއްބެވި އިރު، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާމިގިލިއަށް ކުރެއްވި ދަތުރުފުޅާމެދު، ރައީސް އޮފީހުން މައުލޫމާތެއް ދީފައި ނުވާއިރު، އެ މަނިކުފާނާއި އެކު އެމްޑީޕީގެ ޗެއާޕާސަން އަދި އިގްތިސޯދީ ވަޒީރު، ފައްޔާޒު އިސްމާއިލް ހުންނެވި އެވެ. ޖުމުހޫރީ ޕާޓީއިން ވެސް މި ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.

ރައީސް ސޯލިހު ރަޔާސީ އިންތިހާބުގައި ވާދަކުރަށްވާނެކަމަށް އިއުލާނު ކުރައްވުމަށްފަހު، މާމިގިއްޔަށް ވަޑައިގަތުމުން، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން ފާޑުވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް ވިދާޅުވުމުން ރައީސް ނަޝީދުވަނީ އެ މަނިކުފާނަށް އަމާޒުކޮށް ބަހުގެ ހަމަލާއެއް ރައްދުކޮށްފައިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ގައުމުގެ ހާލަތު ކުރިގޮތުން މި ދަނޑިވަޅަކީ، ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: