ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހް ގާސިމާއިއެކު ކުރައްވާ މަޝްވަރާއަށް އެމްޑީޕީގެ ރުހުމެއް ނެތް!

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ރައީސް ސޯލިހް މަރުހަބާ ދަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މާމިލިއަށް ވަޑައިގެން ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއިއެކު ކުރައްވާ މަޝްވަރާތަކަށް އެމްޑީޕީގެ ރުހުން ނެތްކަން ހާމަވެއްޖެއެވެ.

ރައީސް ސޯލިހު ކުއްލި ގޮތަކަށް ނުރަސްމީ ދަތުރުފުޅެއްގައި މާމިގިލިއަށް ވަޑައިގެންފައިވާ ސަބަބު، ސަރުކާރުން ހާމަކޮށްފައި ނުވާ އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ވުރެ ގާސިމް އިބްރާހިމްއަށް ދެވަނަ ބުރެއްގެ ފުރުސަތު ބޮޑުކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މީޑިއާތަކާއި ބައްދަލު ނުކުރާތާ 09 މަސް ފަހުން ޕްރެސްއެއް ބޭއްވިއިރު ރައީސް ސޯލިހު ވަނީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ހާމަކޮށްފަ އެވެ. ނަމަވެސް މިއީ އެމްޑީޕީ އެކަނި، ނުވަތަ އެމަނިކުފާނު އެކަނި ކާމިޔާބު ކުރެވޭނެ އިންތިހާބެއް ނޫންކަން އެއްބަސްވެވަޑައިގެން ވިދާޅުވީ ދެވަނަ ސާރުކާރެއް ގާއިމު ކުރާނީ ކޯލިޝަނުގެ އެހީއާއި އެކު ކަމަށެވެ.

އީސް ސޯލިހު ކޯލިޝަނެއް ހައްދަވައިގެން ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް ވިދާޅުވުމަށް ފަހު މާމިގިއްޔަށް ވަޑައިގަތުމުން މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ރައީސް ސޯލިހުއަށް ކިޔާފައެވެ.

ނަމަވެސް ރައީސް މިފަދަ ގޮތަކަށް މާމިގިލިއަށް ވަޑައިގެން ގާސިމާއި ބައްދަލުކުރެއްވުމަށް އެމްޑީޕީގެ އެއްވެސް ރުހުމެއް ނެތްކަން ވަނީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބަހުން ހާމަވެފައެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިހާރު ރައީސް ސާލިހުގެ ކެޑިޑެންސީ ގެ އުއްމީދު އެއްގޮތަކަށްވެސް ކުރިއަށް ގެންދެވޭނީ ޖުމްހޫރީ ޕާޓީޏް ނިންމާ ގޮތެއްގެ މައްޗަށްކަމަށެވެ.

އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަަކަށް އެ ޕާޓީގެ ރައީސް، ނަޝީދު ފޮނުއްވި މެސެޖެއްގައި މިގޮތަށް ވިދާޅުވީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވުމަށް ފަހު، ގާސިމާ ބައްދަލު ކުރެއްވުމުންނެވެ. އެމްޑީޕީއަށް އަލަށް ހޮވިވަޑައިގެން ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ރައީސް އާއިއެކު މިދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ދެ ވަނަ ދައުރަކަށް އެމަނިކުފާނު ވާދަކުރައްވަނީ، އެމްޑީޕީއަށް ވެރިކަން ލިބެން އޮތީ އެ މަގުން ކަމަށް ވާތީއެވެ. އެމްޑީޕީން ވެސް އެކަނި ވާދަކޮށްގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް އަދި ނެތް ކަމަށާއި އެހެންކަމުން ޕާޓީ އާއި ގައުމަށް ވެސް ފައިދާ އޮތީ އެމަނިކުފާނު ނުކުންނަވައިގެންކަމަށް ރައިސް ސާލިހު ވިދާޅުވީ އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: