2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަދި ޕާޓީއިން ނިންމާފައި ނުވީ ނަމަވެސް، ކެނޑިޑެސީގެ އުންމީދުގައި ހުރިހާ ބޭފުޅުންނަށްވެސް މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވެ ރައީސް ނަޝީދު، ރައީސް ސޯލިހަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
އެތަކެއް މަސްތަކަށް ފަހު، ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ، އެ މަނިކުފާނު ރިޔާސީ ރޭހުގައި ބައިވެރިވެލައްވާނެކަމަށް އިއުލާނު ކުރެއްވުމުންވެސް ރައީސް ނަޝީދު ވަނީ އެ މަނިކުފާނަށް ބަހުގެ ހަމަލާއެއް އަމާޒު ކުރައްވާފައިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ގައުމުގެ ހާލަތަށް ވިސްނާވަނަމަ، މި ވަގުތަކީ އަމިއްލަ އުންމީދުތަކެއް އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތު ނޫންކަމަށެވެ. އަދި މި ދަނޑިވަޅުގަައި ދިވެހި ރައްޖޭގެ ބޭރު ފައިސާގެ ރިޒާރވް ރަނގަޅުކޮށް ރައްޔިތުންގެ މަސްލަހަތައް ވިސްނައި މަސައްކަތް ކުރައްވަންވީކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
Varah gina beyfulhun text kurahvaathee dhanavan.Alhugadah fennagothugai miadhuge haalathakee amilla unmeedhu iskoh verikamah fainaganvee vagutheh noon. Mee beyru faisage reserve ragalhukoh rayyithunge salaamaiytherikan dhemehetteyne gothaamedhu visnaa magah alhuvaanvee vaguthu
— Mohamed Nasheed (@MohamedNasheed) June 8, 2022
”އަޅުގަނޑު ދެކޭ ގޮތުގައި 2023 ގައި ރިޔާސީ ކެންޑިޑޭޓް އެމްޑީޕީ އިން އަދި ނުނިންމާ އެހެން ނަމަވެސް ކެންޑިޑެސީގެ އުންމީދުގައި ހުރިހާ ބޭފުޅުންނަށްވެސް މަސައްކަތް ކުރެއްވޭނެ. ރައިސުލްޖުމްހޫރިއްޔާ ނޫން އެހެން ކެންޑިޑޭޓުން ވެސް ނުކުންނަވާ,“ ރައީސް ނަޝީދު
އެމްޑީޕީއިން ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ނިންމާފައިނެތްކަމަށާއި، އެފަދަ އުންމީދެއްގައި އެންމެހާ ބޭފުޅުންނަށްވެސް މަސައްކަތް ކުރެވިދާނެކަމަށް ފާހަގަކުރައްވާ މެސެޖް ކުރައްވާފައިވާއިރު، މީގެ އިތުރުންވެސް މެސެޖުތަކެއް އެމްޑީޕީގެ މީޑިއާ އެކްޓިވިސްޓުން ތިބޭ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވެވިއެވެ.
ރައީސް ސޯލިހަށް އަމާޒުކުރެއްވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސުލް ޖުމުހޫރިއްޔާ ރިޔާސީ ކެނޑިޑެސީ އިއުލާނު ކުރެއްވުމަށްފަހު ވެރިކަން ކުރާ ކޯލިޝަންގެ އެއްބާރުލުން ހޯއްދެވުމަށް މާމިގިއްޔަށް ފުރަން ޖެހިވަޑައިގެންނެވިކަމަށެވެ. އެހެންމަވެސް ޖުމުހޫރީޕާޓީއިން ގޮތެއް ނިންމިތަން ފެނިފައިނުވާކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ރިޔާސީ އުންމީދު ކުރިއަށް ގެންދެވޭނީ ޖުމުހޫރީ ޕާޓީ ނިންމާ ގޮތެއްގެ މައްޗަށްކަމަށެވެ.
”ރައިސުލްޖުމްހޫރިއްޔާ ކެންޑިޑެސީ އިއުލާނު ކުރެއްވުމާއެކު ފުރާވަޑައިގަތުމަށް ޖެހިވަޑައިގަތީ މާމިގިއްޔައް. އެހެނަސް ޖޭޕީ އަދި ގޮތެއް ނިންމިތަނެއް ނުފެނޭ. މިހާރު ރައިސުލްޖުމްހޫރިއްޔާގެ ކެންޑިޑެސީގެ އުންމީދު އެއްގޮތަކަށްވެސް ކުރިއަށް ގެންދެވޭނީ ޖޭޕީ ނިންމާ ގޮތެއްގެ މައްޗަށް,“ ރައީސް ނަޝީދު
ގިނަ މަސްތަކަކަށްފަހު، ރައީސް ޞާލިޙު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ, އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށެވެ. އެހެންނަމަވެސް، ކޯލިޝަނަކާއިއެކު ނުކުމެވަޑައިގެން އެ މަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަން ޔަގީން ވެލައްވާކަމަށްވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހު ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވުމަށް ފަހު، މާމިގިއްޔަށް ވަޑައިގެން ސަބަބާއިމެދު އެކި ގޮތްތޮތަށް ވާހަކަތައް ދެކެވެމުންދާ އިރު، އެ މަނިކުފާނާއިއެކު މި ބައްދަލުވުންތަކުގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯޝް މޭޖާރ ޝާމާލްވެސް ބައިވެރިވެވަޑައިގެންފައިވާތީ އެތަކެއް ފަރާތްތަކުންވަނީ އެކަމަށް ފާޑުކިއުން އަމާޒުކޮށްފައިއެވެ.

