ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަށު ކޯޓުން ބޭރުކޮށްލި 72 ކިލޯ ޑްރަގްގެ މައްސަލަ އަލުން ބަލަން އަންގައިފި!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި މީހަކަށް ކުރި ދެ ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފިއެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި މަސް ދޯންޏެއްގައި އެތެރެކޮށް، ކާރެއްގައި ގެންދަނިކޮށް މާލޭގެ މަގުމަތިން އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން 10 މީހެއްގެ މައްޗަށް ކުރާ ދައުވާކުރިއެވެ. އޭގެ ތެރެއިން ދެ މީހަކަށް ކުރި ތިން ދައުވާއެއް ކްރިމިނަލް ކޯޓުން މިދިޔަ މަހު ބޭރުކޮށްލީ ތަހުގީގުގެ މުއްދަތު ގާނޫނާ ޚިލާފަށް އިތުރުކޮށްދިން ކަމަށް ބުނެއެވެ.

ދިހަ މީހުންގެ ތެރެއިން އެކަކުކަމުގައިވާ ހ. ގާޑެންބިއުޓީ މުހައްމަދު އަކްރަމްގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުދަ ދުވަހު އަމުރުކުރީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ ތަހުގީގުގެ މުއްދަތު ހަމަވުމުގެ ކުރިން ގާނޫނުގައިވާ ގޮތަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ. އަދި ދިމާވި ހަމައެކަނި މައްސަލައަކީ ތަހުގީގުގެ މުއްދަތު އިތުރުކޮށްދިން ލިޔުންތައް ދައުލަތުން ދަށު ކޯޓަށް ހުށަހެޅިއިރު އެ ލިޔުންތަކުގެ ތާރީޚްތަކުގައި އޮޅުންތަކެއް ހުރުން ކަމަށާއި ނަމަވެސް އެކަންކަން އިސްލާހު ކުރެވިދާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެއެވެ.

ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުސައިން މަޒީދުގެ އަޣުލަބިއްޔަތުން އެގޮތަށް ހުކުމް ކުރެއްވިޔަސް، ފަނޑިޔާރު މުހައްމަދު ފައިސަލް ނިންމެވީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އޭގެ އެއް ސަބަބަކަށް ފައިސަލް ދެއްކެވީ ތަހުގީގުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދުނު ބައެއް ލިޔުންތައް ނެތުމާއި ގާނޫނު އޮތްގޮތުން އަމިއްލަ އިސް ނެގުމުގައި އެކަން ނުކުރެވުމެވެ. އަނެއް ސަބަބަކަށް ފަނޑިޔާރު ފައިސަލްގެ ރައުޔުގައިވަނީ ލިޔުންތަކުގައި އޮޅުންތަކަކީ އިސްލާހު ކުރުމުގެ ފުރުސަތު އޮތް ކަންތައްތައްކަމުގައިވީ ނަމަވެސް، އެކަން އިސްލާހު ކުރުމުގެ ބަދަލުގައި ދައުލަތުން މަސައްކަތްކުރީ އެ އޮޅުން ދިފާއުކޮށް، ފޮރުވަން ކަމަށެވެ. އަދި މިކަމުގައި ކަން ހިނގި ގޮތް އަދިވެސް ދައުލަތުން ރަނގަޅަށް ސާފުކޮށް ނުދޭ ކަމަށް އޭނާގެ ރައުޔުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިފަދަ ބޮޑު މައްސަލައެއްގައި ދައުލަތުން އަމަލުކުރަނީ ސީރިއަސް ގޮތެއްގައި ނޫން ކަމަށް ވެސް އޭނާގެ ރައުޔުގައި ލިޔުއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: