ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައި ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި!

އެމްޓީސީސީގެ ފެރީތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓާ ނަހުލާ އާއި ޕްލޭނިންގ މިނިސްޓާ ފައްޔާޒް އިސްމާއީލްގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމަށްޓަކައި ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގައި ހިމެނޭ ހއ ށ އަދި ހަދ އަތޮޅުގެ ތެރެއިން ހދ. އަތޮޅުގެ ރަށްތަކަށް މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އެމްޓީސީސީން ހިދުމަތް ދެމުން އައިސްފައިވަނީ އަގަކާއި ނުލައި ހިލެއެވެ. ނަމަވެސް މިއަދުން ފެށިގެން ހދ. އަތޮޅުގެ ރަށްތަކަށް ހިދުމަތް ރަސްމީކޮށް ފެށުމުން ދެން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކަނޑާއަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެންނެވެ. ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި އެންސްޕާގައި ރެޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ފެރީތަކުން އަބަދުވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ, އާރުޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެއްކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހިތްގައިމު ފެރީތަކަކަކަށް އާރުޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ފެރީތައް ހުންނަނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކުކު ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށް އެއާކޯން ކޮށްފައިކަމަށާއި ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުވާ ކުރެވިފައި ހުންނަނީ އެފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތައްކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. ފެރީގައި ފާހާނާ ކުރެވެން ހުންނަ އިރު, ލަގެޖް ބެހެއްޓުމަށްވެސް ޖާގަ ހާއްސަކޮށްފައި ހުންނަ މި ފެރޯތަކުގައި އާރުޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވެއެވެ.

މީގެއިތުރުން މި ފެރީ ނިޒާމުގެ އެންމެ މުހިންމު އެއް ސިފައަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުންނަށް އަރާފޭބުމަށާއި ދަތުރުކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވުންކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. އެގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކި ތަނެއް ހާއްސަ ކުރެވިފައި ހުރެއެވެ.

އާރުޓީއެލް ފެރީގެ ހިދުމަތަށް ޓިކެޓް ނެގުމަށް ބޭނުންކުރާނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕެވެ. އާރުޓީއެލް ޓްރެވަލް އެޕް ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: