ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ހަތެއް ފެބްރުއަރީ ކަހަލަ ޅައެއްޗެއް ނާޅާތި“: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު / ޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތެއް ފެބްރުއަރީ ކަހަލަ ”ލައެއްޗެއް“ ނޭޅުއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދަށް އިލްތިމާސް ކުރައްވައިފިއެވެ.

ޕީޖީ ޝަމީމް މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕު ތެރޭގައި ކުރަމުންދާ މަސައްކަތްތަކާއި، ދެކޮޅު ހައްދަވައި، ރައީސް ނަޝީދު، ނުކުމެވަޑައިގެންފައިވާ ދަނޑިވަޅެއްގައި ޓްވީޓެއް ކުރައްވައި މޫސަ ވިދާޅުވީ، އެހެން މީހެއްގެ ރަނިންގމޭޓަކަށް ނުވެވިގެން، ޕާޓީން ކަނޑާނުލައިގެން ނުވަތަ، އަމިއްލަ ޕާޓީއެއް ހައްދަވަން ލަދުން އުޅުއްވާނެކަމެއް ނެތްކަމަށެވެ. އަދި ޕާޓިއެއްގެ ރައީސްކަން ކޮށްފައި، ޕާޓީއާއި ވަކިވެ، އަމިއްލަ ޕާޓިއެއް ހަދައިގެން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް، ޕާޓީއަށް ތިން ހާސް މެމްބަރުންވެސް ހަމަކުރަން ދަތިކަމަށް ފާހަގަކޮށް މޫސަ ވިދާޅުވީ، ”ހަތެއް ފެބްރުއަރީ ކަހަލަ ޅައެއްޗެއް“ ނުހެއްދެވުމަށް ރައީސް ނަޝީދަށް އިލްތިމާޒް ކުރައްވާ ކަމަށެވެ.

މީގެ އިތުރުންވެސް އެމްޑީޕީގެ ޗެއަރޕާސަންކަން ކުރައްވާފައިވާ މޫސާ މަނިކުވަނީ، ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައިއެވެ. ރައީސް ނަޝީދަށް އެމްޑީޕީގެ ކޮންޓްރޯލް ގެއްލިފައިވާކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން، މޫސަ ވިދާޅުވީ، އިމްތިޔާޒު ފަހުމީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ގެނައުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތްތަކާއި ދެކޮޅަށް، މޫސަ ނިކުންނަވައި، ވާނީ އެކަން ކާމިޔާބު ކުރައްވާފައިކަމަށެވެ. އަދި ޕީޖީ ޝަމީމުގެ މައްސަލައިގައި، އެމްޑީޕީގެ ވިޕްލައިނާ ހިލާފުވާ ފަރާތްތައް ޕާޓީން ވަކު ނުކުރާނެކަމަށް އުމީދު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަން ފާހަގަކުރައްވާ މަލާމާތުގެ ރާގަކަށް މޫސަ ވިދާޅުވީ، ރައީސް ނަޝީދު އެއްވެސް ހާލަތެއްގައި، ޕާޓީން ބޭރު ނުކުރަން އެދޭކަމަށެވެ. އަދި އެހެން ޕާޓީން ބޭރުވެ އަމިއްލަ ޕާޓިއެއް ހައްދަވާ ފަރާތްތަކަށް 3000 މެމްބަރުންވެސް ހަމަވަނީ ”ކިރިޔާ“ ކަމަށް މޫސަ ތަކުރާރު ކުރެއްވިއެވެ.

ރައީސް ނަޝިދަށް އަމާޒުކުރައްވާ އިތުރަށް މޫސާ މަނިކު ވިދާޅުވީ، ރިޔާސީ އިންތިހާބެއް ކައިރި ވުމުން، ވެރިކަން ބޭނުންވާ ފަރާތްތައް އަދި އެފަރާތަކަށް ތާއީދު ކުރާ މީހުން، އެކަން ހާސިލު ކުރަން މަސައްކަތް ކުރަންވީކަމަށެވެ. ނަމަވެސް އެއާ ހިލާފަށް، އެހެން ފަރާތަކަށް ތާއީދު ކޮށްފާނެކަމަށް، ފަހަތުއަޅުވާލައިގެން އުޅުން ނަމަވެސް، ބިރު ނުގަންނާނެ އެތައް ސިޔާސީ ބަޔަކު ދިވެހި ރާއްޖޭގައި ތިބޭނެކަމަށް މޫސަ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޫސަވަނީ، މި އަހަރު އެމްޑީޕީގެ ޕްރައިމަރީއެއް ބާއްވަން ޖެހޭތޯ ސުވާލު އުފައްދަވައިފައިއެވެ. އަދި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާނު ކުރެއްވިކަން ފާހަގަކުރައްވާ މޫސަ ވިދާޅުވީ، ޕްރައިމަރީއެއް އޮންނާނެތޯ ސުވާލު ކުރެއްވީ، ރައީސް ސޯލިހާއި، ވާދަ ކުރާނެ އިތުރު ފަރާތެއް ހުރިހެން ހީނުވާތީކަމަށާއި، އެހެނިހެން މަގާމުތަކަށް އިއުލާނު ކުރުމުގެ ކުރިންވެސް، އެމްޑީޕީގެ މެމްބަރުން އެ މަގާމަކަށް ޝައުގުވެރިން ފާޅުކުރާކަމަށް މޫސަ އިޝާރާތް ކުރެއްވިއެވެ.

މޫސާ މަނިކު، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ގިނަ ބަހުގެ ހަމަލާތަކެއް ރައްދުކުރެއްވިއިރު، 2023ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް، ރައީސް ސޯލިހުވަނީ ވިދާޅުވެފައިއެވެ. ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށެވެ. އެހެންނަމަވެސް ކޯލޝަނަކާއި އެކު، 2023 ކާމިޔާބު ކުރައްވާނެކަން ޔާގިންވެލައްވާކަމަށްވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް އިޝާރާތް ކުރެއްވުމުން، އެ މަނިކުފާނަށްވަނީ ރައީސް ނަޝީދުގެ ފާޑުކިޔުންތައް އަމާޒުވެފައިއެވެ. އެހެންކަމުން ރައީސް ނަޝީދު ވިދާޅުވީ، މިވަގުތަކީ، ދިވެހި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާރވް ރަނގަޅު ކުރަންވީ ވަގުތު ކަމަށެވެ. އަދި އަމިއްލަ އެދުން އިސްކޮށް ވެރިކަމަށް ފައި ނެގުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި މަސައްކަތްކުރަންވީ ދަނޑިވަޅުކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝިދު މީގެ ދުވަސްތަކެއް ކުރިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ސަރުކާރުގެ ނޫސް ޗެނަލްއަކަށް އިންޓަރވިއުއެއް ދެއްވައި ވިދާޅުވީ، އެ މަނިކުފާނު ބޭނުންވެލައްވާ ގޮތަކީ، ދިވެހި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ކަަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނަކީ ޕާޓީގެ މީހެއްކަމަށާއި، އެހެންކަމުން، ޕާޓީން ނިންމި ގޮތަކަށް ކަން ކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: