ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ސުކޫލު އެޅުމަށްޓަކައި ބާ ޖަމާލުއްދީނު ތަޅާލުމުގެ މަސައްކަތް ފަށައިފި!

އަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ކުރިން ޖަމާލުއްދީން ސްކޫލް ހިންގި އިމާރާތް ތަޅާ ލުމުގެ މަސައްކަތް ފެށިގެން ކުރިއަށް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބާ ޖަމާލުއްދީން ސުކޫލު ހުރި ތަނުގައި އަރަބިއްޔާ ސުކޫލު ބިނާ ކުރުމަށްޓަކައި މިއަދުގެ ވަގުތެއްގައި ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުތައް ލުމުގެ ސަބަބުން، އަމިއްލަ ސްކޫލު ނޫން އެހެން ތަނަކަށް ދަރިވަރުން ވަގުތީ ގޮތުން މީގެ ކުރީގައި ވަނީ ދެ ފަހަރެއްގެ މަތިން ބަދަލުކުރެވިފައެވެ. މިހެންކަމުން އާ އިމާރާތެއް އަޅައި، އެ އިމާރާތް ބޭނުން ކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވެ ތަނުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ތަން ހަލާކުވެފައިވާތީ ބެލެނިވެރިން އައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިދިޔަ އަހަރުން ފެށިގެން ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށް، މައްސަލަ ގޯސްވެގެން ދިޔައީ އިމާރާތުގެ ހާލަތު މީޑިއާގެ ސަމާލުކަމަށް ގެނެސް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވާން ފެށުމުންނެވެ.

ތަނުގެ އެސެސްމެންޓެއް ހެދުމަށް ފަހު އެޑިއުކޭޝަނުން ނިންމީ، އަރަބިއްޔާ ސްކޫލުގެ އިމަރާތް ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރުން އެއީ އެންމެ ފަނގަޅު ގޮތަކަށް ނުވާތީ ވަގުތީ ގޮތުން އެހެން އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ. އިމާރާތުގެ މަރާމާތަށް ވަގުތު ބޭނުންވާކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމާފައި ވަނީ އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ކަންތައް އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ.

މަޖީދީ މަގުގައި ހުރި އިމާރާތް ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން އަމިއްލަ ސްކޫލެއް ނެތި ތިން އަހަރުވުމަށް ފަހު އަރަބިއްޔާއަށް އާ އިމާރާތެއް ލިބުނީ 2013 ގަ އެވެ. ބޭނުން ކުރަން ފެށިތާ 08 އަހަރުގެ ތެރޭގައި ތަނބުތަކުގައި ބޮޑެތި ރެނދުތަކެއްލައި ވަރަށް ބޮޑަށް ހަލާކުވުމުން އެޑިއުކޭޝަނުން ނިންމީ ޖެނުއަރީ މަހުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުން އަރަބިއްޔާ ސްކޫލަށް ބަދަލު ކުރުމަށެވެ. ނަމަވެސް އިނގިރޭސި މީޑިއަމަށް ކިޔަވަދޭ ސްކޫލެއްގެ ދަރިވަރުންތަކަކާއި އަރަބި މީޑިއަމްއަށް ކިޔަވަމުން ދާ ދަރިވަރުންތަކެއް އެއްކޮށްލުން އެއީ ހައްލެއް ނޫންކަން ބެލެނިވެރިން އައީ ފާހަގަކުރަމުންނެވެ.

މިފަދަ ތަފާތު އެކި ގިނަ މައްސަލަތަކެއް ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ހުށައެޅިގެން ދިޔުމުން ސަރުކާރުން ފުރަތަމަ ނިންމާފައިވަނި ހުޅުމާލޭގައި އަރަބިއްޔާގެ އައު ސުކޫލެއް ހުޅުވުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށެވެ. ނަމަވެސް ގިނަ މަޝްވަރާތަކަކަށް ފަހު ހަމަޖެހިގެން ދިޔައީ ބާ ޖަމާލުއްދީނު ހުރިތާގައި ސުކޫލު ބިނާކުރުމަށެވެ. މިގޮތަށް ހަމަޖެހިގެންދިޔުމާއިއެކު ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށް ސްކޫލު އަޅަން ސަރުކާރުން ނިންމި ބާ ޖަމަލުއްދީން ބިން ޕާކިން ޒޯނަކަށް ބަދަލުކުރަން އެމްޑީޕީގެ މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ވަނީ ސަރުކާރަށް ހުށައަޅާފައިއެވެ.

އެބޭފުޅުން ވިދާޅުވި ގޮތުގައި ބާ ޖަމާލުއްދީނަށް ސްކޫލެއް ބަދަލު ކުރުމުން ސަރަހައްދުގެ ޓްފެކް ފްލޯއަށް ބާރު ބޮޑުވެ އުނދަގޫތަކާއި ކުރިމަތިވާނެއެވެ. ސްކޫލު އެތަނަށް ބަދަލު ނުކުރެވޭނެ އިތުރު ސަބަބެއްގެ ގޮތުގައި އެބޭފުޅުން ދެއްކެވީ، މިނި ބަސްތަކަށް އެތަނުން ދަތުރު ކުރަން އުނދަގޫވުމެވެ. އެހެން ކަމުން ބަސް ރޫޓުތަކަށް ފަސޭހަ ގޮތްތައް ހޯދުން އެއީ ކައުންސިލާއި ސަރުކާރުގެ ޒިންމާއެއްކަމަށް ވިދާޅުވެފައިވެއެވެ.

މިއަދު ޖަމާލުއްދީނު ސުކޫލު ތަޅާލުމުގެ މަސައްކަތް ފެށިފައިވީ ނަމަވެސް މާލެ ސިޓީ ކައުންސިލުގެ ފަރާތުން ބޭނުންވާ ބައެއް ހުއްދަތައް ނުލިބި ހުރުމުގެ ސަބަބުން ސަރުކާރުން އަދި މިހާތަނަކަށް މި މަސައްކަތް ނިމި ސުކޫލު އިމާރާތް ކުރަން ފެށޭނެ ވަކި މުއްދަތެއް ދީފައެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: