ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާގެ ދަރިވަރުންގެ މޫނުބުރުގާގެ މައްސަލަ ބެލޭނެ އިހްތިސާސް އެބައޮތް: ސިވިލްކޯޓް

އަރަބިއްޔާ ސްކޫލު/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޢަރަބިއްޔާ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުންގެ މައްސަލަ ބެލޭނެ އިޚްތިސާސް އެބަ އޮތް ކަމަށް ސިވިލްކޯޓުން ބުނެފިއެވެ.

ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ހިންގާ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޢަރަބިއްޔާ ސްކޫލުގެ އަންހެން ކުދިން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާ ކުރި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމަށް ސަރުކާރާއި ޢަރަބިއްޔާގެ މެނޭޖުމަންޓުން ކުރަމުން އައި މަސައްކަތް ފޭލު ވެއްޖެކަމަށެވެ. އަދި އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިމައްސަލައަކީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމަށް ޚާއްސަ ހަމަ އެކަނި ސްކޫލް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުން މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އެެ ސުކޫލުން ތަންފީޒު ކުރަން ފެށުމާއި ގުޅިގެން އެ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ކޯޓަށް ހުށައެޅި މައްސަލައެކެވެ.

މިމައްސަލައިގައި ކޯޓުން ފުރަތަމަ ބުނެފައިވަނީ ޢަރަބިއްޔާ ސްކޫލުގެ ޔުނިފޯމް ކޯޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. އަދި އެތަނުގައި ދަރިވަރުން މޫނު ބުރުގާ އެޅި ނަމަވެސް ތަޢުލީމު ފުރިހަމަ ކުރުމުގައި އެއްވެސް ދަތިތަކާއި ކުރިމަތިލާން ނުޖެހޭނެކަމާއި އެއްވެސް ހައްގަކުން މަހުރޫމްކޮށްފައި ނުވާކަން ހާމަވާކަމަށެވެ. އެހެންވެ، އެކަމަށް ރިއާޔަތް ކުރުމަށް ފަހު ބެލެނިވެރިން ހުށަހެޅި ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

އަދި މީގެ އިތުރުން ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާއަކުން އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން ނުވަތަ ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ސިދާ ގޮތެއްގައި އަސަރުކޮށްފައިވާ މީހަކަށް ކަމަށާ، އަދި ކޯޓަށް މައްސަލަ ހުށަހަޅާއިރު ހައިސިއްޔަތު ވެސް ސާފުވާން ޖެހޭކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

މައްސަލަ ހުށަހަޅާފައިވާއިރު، އެއީ މޫނު ބުރުގާ އެޅި ކުދިންގެ ފަރާތުންކަމަށް ބުނި ނަމަވެސް އެ ކުދިންނަކީ ކޮބައިކަމާއި އެ ކުދިން ތައުލީމު ހާސިލު ކުރަނީ ކޮން ގެރޭޑެއްގައިކަމަށް އެނގޭނެ އެއްވެސް މައުލޫމާތެއް ނެތްކަން ފާހަގަކޮށް ކޯޓުގެ ނިންމުމުގައި ބުނީ، އެ ސަބަބުތަކަށް ބަލާއިރު މިހާރު މި މަރުހަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްތު އޮތްކަން ބެލެވެން ނެތްކަމަށެވެ. އަރަބިއްޔާ ސްކޫލްގެ ޔުނިފޯމު ކޯޑަކީ އަންހެން ކުދިން ބުރުގާ ހެދުން ސްކާޓް އަދި ހަރުވާޅެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: