ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާގެ ދަރިވަރުން މޫނު ބުރުގާ އެޅުން މަނާ ކުރި މައްސަލަ ކޯޓަށް

އަރަބިއްޔާ ސްކޫލުގެ ދެ ކުއްޖަކު ސްކޫލު ދޮރުމަތީގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުން ދާ އަންހެން ކުދިންގެ ތެރެއިން މޫނު ބުރުގާ އަޅާ ކުދިން، މޫނު އަޅައި ސްކޫލަށް ހާޒިރު ނުވެވޭނެކަމަށް އެންގި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ރެހެންދި ޗެމްބާސް ލޯފާމުންނެވެ. މައްސަލަ ހުށަހަޅައި އޭގެ މައުލޫމާތުތައް ހިއްސާކޮށް އެ ލޯފާމުން ބުނެފައި ވަނީ މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއިން ނިކުތުމަށް ބޭނުން ވާ ކުދިންނަށް ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން ނިގާބު އަޅައިގެން ސްކޫލަށް ދަނިކޮށް ނިގާބު އަޅައި ސްކޫލަށް ހާޒިރު ނުވެވޭނެކަމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން އެ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން އަދި މުއްދަރިއްސުންނަށް ވެސ އަނގަބަހުންނާއި ލިޔުމުން އެގޮތަށް އަންގައި މިނިސްޓްރީން މިދިޔަ މަހުގެ 285 ގައި ގަވައިދެއް އާއްމުކޮށްފައިވާ ކަމަށެވެ.

ސްކޫލު ދަރިވަރުންގެ އާއްމު ގަވައިދާއި އަދި ސްކޫލު ޔުނިފޯމު ކޯޑުގެ ތެރެއިން އެ ކުދިން ސްކޫލަށް ދިއުމުގެ ހައްގުން މަހުރޫމު ކުރާ މައްސަލަ ފައިސާލާ ކުރުވަނި ހުކުމެއް ހޯދުމަށްޓަކައި ކޯޓަށް ހުށަހެޅީކަމަށް ރެހެންދި ލޯފާމުން މައުލޫމާތު ދިނެވެ.

މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ސްކޫލުގެ އެ އެންގުމުގެ ސަބަބުން ތައުލީމު ހާސިލު ކުރުމަށް ހުރަސް އެޅެމުންދާކަން ފާހަގަކޮށް ބެލެނިވެރިންގެ ކަންބޮޑުވުން ލިބޭތީކަމަށް ވެސް ލޯފާމުން އާއްމު ކުރި ބަޔާނުގައި ވެއެވެ.

އަރަބިއްޔާ ސްކޫލުގައި މީގެ ކުރިން ވެސް މިފަދަ މައްސަލަތަކެއް ދިމާވެ، މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އަދި ރާއްޖޭގެ އެހެން ސްކޫލުތަކުގައި ވެސް ކިޔަވައިދޭ ޓީޗަރުންނަކީ މޫނު އަޅައިގެން ތިބޭ ބަޔަކަށް ވެގެން ނުވާނެކަމަށް އެންގިކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވި އެވެ.

މައްސަލައިގައި ބުނެފައި ވަނީ  އަރަބިއްޔާ ސްކޫލުގެ މޫނު އަޅާ ދަރިވަރުންނާއި މެދު ތަފާތު ކުރުންތައް ގެންގުޅޭކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުދިން ތައުލީމުން ދުރުވެ ކިޔެވުން މަތިން ފޫހިވާ ގޮތްވުމާއި އެކު ނަފްސާނީ ދުޅަހެޔޮކަމަށް ބުރު އަރަމުންދާކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދައިދޭން ވެސް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އެދިފަ އެވެ.

އެޑިއުކޭޝަންގެ އެންގުމާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް، އަރަބިއްޔާގެ ބެލެނިވެރިން ބުނެފައި ވަނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މޫނު ބުރުގާ އެޅުން މަނާ ނުކުރެވޭނެކަމަށެވެ. އަދި މޫނު އަޅާ ކުދިން ދަށް ކުރާ މޭރުމަކުން ޓީޗަރުން ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބުންޏެވެ.

އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލުގެ ޔުނިފޯމު ކޯޑަކީ އަންހެން ކުދިން ބުރުގާ ހެދުން ސްކާޓް އަދި ހަރުވާޅެވެ.

މިނިސްޓްރީގެ އެ އެންގުމަށް ފަހު ސްކޫލުގައި ތިބި މޫނު އަޅާ ކުދިންގެ ނަންތައް ނޯޓު ކުރިކަމަށް ބެލެނިވެރިން ބުނެ އެވެ. ބެލެނިވެރިން އެކަން ސިފަ ކުރީ ދަރިވަރުންނަށް ދައްކާ ބިރެއްގެ ގޮތުގަ އެވެ.

މީގެ އަހަރުތަކެއް ކުރީން 2012 ގައި ވެސް ކުއްލިއްޔާގައި ކިޔެވި ދަރިވަރަކު މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުވަދެވޭނެކަމަށް ބުނެ އެކަން އެންގި މައްސަލަ ވެސް ހޫނުވެ ކޯޓާއި ހަމައަށް ދިޔަ އެވެ. އަދި މައްސަލަ ކޯޓުގައި ކުރިޔަށް ދަނިކޮށް އުސޫލު ބަދަލުކޮށް މޫނު ބުރުގާ އަޅައިގެން ވެސް ކިޔެވޭ ގޮތަށް ފަހުން ބަދަލު ގެނެއީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: