ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިލަބަސް ކަވަރުކުރަން ހޮނިހިރު ދުވަހު ކިޔަވާދޭކައް ނާންގަން: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު.
ޝެއާރކޮށްލާ ކަހަލަދޯ؟

 

ސިލަބަސް ކަވަރުކުރަން ހޮނިހިރު ދުވަހު ކިޔަވާދޭން އަންގާފައި ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ސިލަބަސް ކަވަރުކުރުމަށްޓަކައި ހޮނިހިރު ދުވަހުގައި ކިޔަވައިދޭ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާތީ، މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ ސިލަބަސް ކަވަރުކުރުމަށްޓަކައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ދިރާސީ އަހަރުގެ ކަލަންޑަރުގައި ކިޔަވައިދިނުމަށް އެކަށައަޅާފައިވާ ދުވަސްތަކުގައިކަމަށެވެ. އެނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއްކަމަށްވެސް ބުންޏެވެ.

ހޮނިހިރު ދުވަހުގައި ޢާންމުކޮށް ކިޔަވައިދޭން މިނިސްޓްރީ އިން އަންގާފައެއް ނުވާނެކަމަށާއި، އަދި އެގޮތަށް ހުއްދައެއް ދީފަވެސް ނުވާނެކަމަށްވެސް ބުނިއެވެ.

އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ ގެއްލޭ ފިލާވަޅުތަކާއި ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމެންޓް ކުލާސްތައް އަބަދުވެސް ސްކޫލްތަކުން ހަފްތާ ބަންދުގައި ކުރިއަށް ގެންދާކަން މިނިސްޓްރީއިން ފާހަގަކުރިއެވެ. އެކަމުގައި މިނިސްޓްރީގެ ހުރަހެއް ނެތްކަމަށްވެސް ބުނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: