ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލިދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ: އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ އަތޮޅު ފުލިދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް މިއަަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަޒުލް ރަޝީދު ފުލިދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ފެށޭނެ ތާރީހަކާއި ބެހޭ ގޮތުން ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ  ވ ފުލިދޫ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ކޭއެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރެވުނު މަސައްކަތެއް ކަމަށެވެ.

ވ އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލުގެ އަމަލީ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ފެށިގެން ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ އިމާރާތުގައި މިވަގުތު ކުރިއަށްދަނީ ވ ފުލިދޫ ކައުންސިލުން އިމާރާތަށް އިތުރުކުރި ބައިގައި ހުރި ރުއްގަސް ކަނޑައި ބިން ސާފުކޮށް، އަދި ފައުންޑޭޝަން އެޅުމަށް ތައްޔާރުވުމުގެ ގޮތުން ބުޑުތައް ކޮނުމުގެ މަސައްކަތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފުލިދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްގެ ޕްރޮގްރެސް މަހުން މަހަށް ބަލައި އެ މަސައްކަތް، އެގްރިމެންޓް ކުރެވިފައިވާ މުއްދަތަށް ނިންމުމަށް ކުރެވެން ހުރި މަސައްކަތް އެޑިއުކޭޝަނުން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ފުލިދޫ މަލްޓިޕާޕަސް ހޯލް އެޅުމުގެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ މަޝްރޫއެއް ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: