ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ފަށަައިފި

ފޭސް 3 ހިއްކަން ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައިސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހުޅުމާލެއިން ގޯތި ދޫކުރި ސަރައްހަދު މި ސަރުކާރުން ހިއްކަން ފަށައިފިއެވެ.

މިކަން ހާމަ ކުރެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފަޒުލް ވިދާޅުވީ ހުޅުމާލެއިން ގޯތި ލިބދުނު ފަރާތްތަކަށް ވެލިފުކެއްގެ މިންވަރުވެސް އުނިނުކޮށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ގޯތި ލިބޭނެކަމަށެވެ.

އިތުރަށް ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާއިއެވެ.

އާބަންކޯއިން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން 62.6 ހެކްޓަރު، ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށި އޭރިއާ ޑީ އިން 9.6 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކުރީ ސަރުކާރުން ހިންގި “ބިންވެރިޔާ” ސްކީމުގެ ދަށުން ފޭސް 3 އަކުން 700 ގޯތި ދޫކުރަން ހަމަޖެއްސިއެވެ. އަދި އެ ތަނުގައި ޔޮޓް މެރީނާއެއްވެސް ހެދުމަށް ނިންމިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: