ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަޒުލް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަންކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ޑރ.މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަކީ މަޖިލީހުގެ ގަވައިދުގެ 256 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ކަމަށެވެ.

އަދި މަޖިލިހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ ދަށުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ ފަޒުލް ކަމުގައި އެ ޕާޓީން އަންގަވާފައިވާތީ އެކަން އިއުލާން ކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ފަޒުލް މީގެކުރިން ހުންނެވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފް ލޯކަލް ގަވަނަންސް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޑރ.މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހު ޕީއެންސީގެ މަގާމުތަކަށް ބަދަލުތައް ގެންނަމުން އަންނައިރު، އެ ފާޓީގެ ރައީސްގެ މަގާމަށް ރައީސް ވަނީ ހަމަޖައްސަވައިފައެވެ. މީގެކުރިން ޕީއެންސީގެ ރައީސްގެ މަގާމު އަދާކުރެއްވީ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސާފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގެ އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން އައްޔަން ކުރުމާއެކު މަޖިލީހުގައި އެ ދެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ވަނީ ފަހަކަށް ވެއްޓިފައެވެ.

މަޖިލީހުގައި ބާކީ ތިއްބެވި ޕީޕީއެމްގެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. ޕީއެންސީގައި ތިއްބެވީ ފަޒުލްގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: