ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަދިނުން ލަސްވީ ޒޯންތަކުގެ ސުކޫލުތަކުގެ މުވައްޒަފުންނަށް. އާދީއްތަ ދުވަހު މުސާރަ ލިބޭނެ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރަދިނުން ލަސްވީ ޒޯންތަކުގެ ސުކޫލުތަކުގެ މުވައްޒަފުންނަށް ކަމަށާއި އެ މުވައްޒަފުންނަށް އާދީއްތަ ދުވަހު މުސާރަ ޖަމާވާނެ ކަމަށް  އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެމުން މިނިސްޓްރީއިން ބުނެފައިވަނީ ބަޖެޓް ވަކި ނުކުރާ ސްކޫލުތަކުގެ މުސާރަ ސެޕް ސިސްޓަމް ތެރެއިން ކުރުމަށް މިދިޔަ މަހު ފަށާފައިވާ ކަމަށެވެ.

މިގޮތަށް މުސާރަ ތައްޔާރު ކުރާނެގޮތުގެ މަޢުލޫމާތު ސްކޫލްތަކުގެ ބަޖެޓް ހައްދަވާ މުވައްޒަފުންނާ ހިއްސާ ކުރެވިފައިކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ. ނަމަވެސް، މިފަދަ ބައެއް ސްކޫލުތަކުން ސެލަރީ ޝީޓް ރަގަޅަށް ހަދާފައިނުވާތީ އާއި ބަނޑޭރި ޕޯޓަލް އަޕްޑޭޓްކޮށްފައިނުވާތީ، މި މަސައްކަތް ވަނީ ވަރަށް ލަސްވެފައިކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ މުސާރަ ލައިވް ކުރުމުގެ މަސައްކަތަކީ ޒޯންގައި ހިމެނޭ ހުރިހާ ސްކޫލަކަށް އެއްކޮށް ކުރެވޭ ކަމަކަށްވާތީ އެއް ސްކޫލްގެ ޝީޓް ލަސްވިއަސް މުޅި ޒޯންގައި ހިމެނޭ ހުރިހާ ރަށެއްގެ މުސާރަ ލަސްވާކަމަށެކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ނޮދަން ސެންޓަރަލްގެ އަދި ނޮދަން ޒޯން ތަކުގެ ބަޖެޓް ވަކި ނުކުރާ ސްކޫލުތަކުގެ މުސާރަ ޖަމާވުން މިމަހު ލަސްވެފައިވަނީ މިދެންނެވި ސަބަބާ ގުޅިގެންކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

މައްސަލަ ހުރި ސެލެރީ ޝީޓްތައް އިސްލާހު ކުރުމުގެ މަސައްކަތްތައް މިނިސްޓްރީގެ އެޗް.އާރު ސެކްޝަންއިން ކުރަމުންދާކަމަށާއި، އަދި އަންނަ އާދީއްތަ ދުވަހު މި ޒޯން ތަކުގައި ހިމެނޭ މުވައްޒަފުންގެ މުސާރަ ޖަމާކުރެވޭނެކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: