ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޙްޔިއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ މިދިޔައީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އަދި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީން އެވެ.

އަލްޓެކް މޯލްޑިވްސްއިން ބުނި ގޮތުގައި އެކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ -/12,211,999.62 ( ބާރަމިލިއަން ދެލައްކަ އެގާރަހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ފަސްދޮޅަސް ދެ ލާރި) އެވެ.

މިއީ  2021ވަނަ އަހަރުގެ PSIP ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަލްޓެކް މޯލްޑިވްސްއިން ބުނީ އަލަށް އިމާރާތްކުރާ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: