ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާއަށް މި ސަރުކާރުން ވަނީ އިހުމާލުވެފައި، އެކަން ހައްލު ކުރާނަން: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިންނަށް އިހުމާލުވެ ސަރުކާރުން އެކުދިންނަށް އެއްވެސް ހައްލެއް ހޯދައިނުދިންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. ކަނޑިތީމަށް ވަޑައިގަތުމުން އެ ރަށުން މުއިއްޒަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެއަށް ފަހު ރަށުގެ ރައްޔިތުންނާއި އެކު އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ކޮންމެ ރަށެއްގައި ބަނދަރު ގާއިމުވުމަށް ފަހު ދެން ގެންނަން ޖެހޭ އެހެނިހެން އިގްތިސާދީ ބަދަލުތަކެއް ވާކަމަށެވެ. މިއީ އަސާސީ ހިދުމަތްތަކަށްވާއިރު، ކުނި މެނޭޖު ކުރުމާއި ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ އެއީ ވަކިން ރިޔާސީ ވައުދެއްގައި ނުހިމެނި ނަމަވެސް ސަރުކާރުގެ ޒިންމާއެއްކަމަށް ދެކި ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތަކެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިއީ އަތޮޅުގެ ތެރޭގެ ކެމްޕެއިނެއް ނަމަވެސް، މީޑިއާތަކަށް މެދުވެރިކޮށް މި ޖަލްސާތަކުގެ ތަފްސީލު ގެނެސްދޭއިރު މުއިއްޒު ގެންދަވަނީ ހުރިހާ ސިޔާސަތުތައް ވެސް ހާމަ ކުރަމުންނެވެ.

މުއިއްޒު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމެއްކަމަށާއި، ސަރުކާރުން އަރަބިއްޔާ ސްކޫލަށް ވަމުންދާ އިހުމާލަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަރަބިއްޔާއަށް ބޭނުން ކުރެވޭނެ ރަނގަޅު ބިމެއް އޮއްވައި، އެއްތަނުން އަނެއް ތަނަށް ބަދަލު ކުރަމުން ގޮސް ލާފައިވަނީ ޓިނު ގޮޅިއަކަށްކަމަށް މުއިއްޒު ވިދާޅިވޮ އެވެ. އަދި ބާ ޖަމާލުއްދީން ސްކޫލު ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އިމާރާތް އެޅުމަށް ހަމަޖެއްސީ، މިހާރުގެ ދަރުމަވަންތަ އިތުރަށް ބޮޑު ކުރަން ޖެހޭކަން އެނގި ތިބެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަރަބިއްޔާއަށް މާލޭން ދެވޭނެ ބިންތައް އެބަހުރިކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ވެސް ބިންތައް ހުރިއިރު، އެއީ ވެސް އެކަމަށް ބޭނުން ކުރެވޭނެ ބިމެއްކަން ފާހަގަކުރި އެވެ.

މުއިއްޒު ވިދާޅުވީ އަރަބިއްޔާ ސްކޫލު ބެލެނިވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ހުރިއިރު، އެކަމަށް ހައްލު އަންނަން ޖެހޭ ކަމަށެވެ.

އާ އިމާރާތެއް އަޅައި، އެ އިމާރާތް ބޭނުން ކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވެ ތަނުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ތަން ހަލާކުވުމުގެ ސަބަބުން އަރަބިއްޔާގެ ދަރިވަރުން މިވަގުތު ތައުލީމު ފުރިހަމަ ކުރަމުން ދަނީ ދަރުމަވަންތަ ސްކޫލަށް ހެދި ވަގުތީ އިމާރާތުގެ އެވެ. އޭގެ ކުރިޔަށް މިދިޔަ ދޮޅު އަހަރެއްގެ ތެރޭގައި އެ ދަރިވަރުން ވަނީ، ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަސައްކަތަށް ފެރީ ޓާމިނަލް ކައިރީ ހުރި ވަގުތީ އިމާރާތުގަ ވެސް ތައުލީމު ހާސިލުކޮށްފަ އެވެ.

ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާގެ އާ އިމާރާތް އަދި ޖަމާލުއްދީން ސްކޫލެއްގެ ބައެއް އަޅަން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އެކު ސޮއި ކުރީ މިދިޔަ އަހަރު އެވެ. 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، އެ މަޝްރޫއު ހަވާލުކުރީ 168 މިލިއަން ރުފިޔާއަށެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ ތަނުގައި އަރަބިއްޔާ ސްކޫލުގެ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހަދާނެ އެވެ. އަދި ޖަމާލުދީނުގެ ބައެއް ތަނުގައި އަޅަނީ، ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރާތީީ އެވެ. އެކަމަށް ބޭނުންވާ 34 ކުލާސް ރޫމް ބާޖަމާލުއްދީން ބިމުގައި އަޅާނެ އެވެ.

ސަރުކާރުގެ ސިޔާސަތަކީ ސްކޫލުތައް އެއްދަންފަޅިއަށް ހިންގުމާއި އެކު، ބިން 25،000 އަކަފޫޓަށް ވުރެ ބިން ކުޑަ ނުކުރުމެވެ.

އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަޝްރޫއުގެ ދަށުން މިހާރު ކޮންސެޕްޓް ކުރެހުން އެއްކޮށް ފައިނަލް ކުރެވި މިވަގުތު ކުރިއަށްދަނީ ޑީޓެއިލް ޑްރޯވިންގ ގެ މަސައްކަތްތައް ނިންމުމުގެ ކަންތައްތައް ކަމަށާއި މި އޭޕްރިލް މަހުގެ ނިޔަލަށް ޑީޓެއިލް ޑްރޯވިންގ ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ނަމަވެސް އެ މަސައްކަތް ކުރިޔަށް ދިޔަ ހިސާބެއް އަދި ސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: