ޕޮލެންޑުގެ ޤައުމީ އެއަރލައިން ކަމަށްވާ ”ލޮޓް ޕޮލިޝް“ އިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
އެ އެއަރލައިނުން މި ދަތުރުތައް ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ފުރަތަމަ ދަތުރުގައިވެސް އެ އެއަރލައިނުން ރާއްޖެއަށް 249 ފަސިންޖަރުން ޒިޔާރަތް ކުރިއެވެ.
ލޮޓް ޕޮލިޝް އެއަރލައިނުން ދަތުރުތައް ކުރާނީ ޕޮލެންޑުގެ ވެރިރަށް ވޯރސޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދުއެވެ. މި ދަތުރުތަކަށް އެ އެއަރލައިނުން ބޭނުން ކުރާނީ ބޮއިންގ 787 މަރުކާގެ ބޯޓުތަކެވެ. މިއީ އެއްފަހަރާ 290 މީހުންނަށް ދަތުރު ކުރެވޭ ބޯޓުތަކެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި ލޮޓް ޕޮލިޝް އެއަރލައިނުން ރާއްޖެއަށް ފަށާފައިވަނީ ޗާރޓަރު ދަތުރުތަކެއް ކަމަށެވެ. އެގޮތުން ހަފުތާއަކު އެއް ދަތުރު އެއަރލައިނުން ރާއްޖެއަށް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

