ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާންގެ އިއްޒަތް ފޮރީން މިނިސްޓާ ޝާހިދަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާންގެ އިއްޒަތުގެ ލަގަބު، އދ. ގެ އާންމު މަޖިލީހުގެ ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް، ސަންޓޮޑޮމިންގޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝާހިދަށް އެ އިއްޒަތް އެރުވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ރޮބާޓޯ އަލްވެރެޒްއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދަށް އެ ޝަރަފް ދެއްވާފައިވަނީ “އދ.ގެ އުންމީދުގެ ރިޔާސަތު” ގެ ތެރެއިން ކޮވިޑް ހާލަތުން ދުނިޔެ އަރައިގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތުކުރުމާއި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި އެ ޖަމާއަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރުމަށެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ އަށް ހޯދައި ދެއްވި ފަހުރާއި ހާރިޖީ ދާއިރާގެ ކުރިއެރުމަށްޓަކައި ޝާހިދު ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކުރުމަށްޓަކައި މި ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް މިނިސްޓާ ޝާހިދަށް އަރުއްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: