ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ ހަމަނުޖެހުމަކީ ސަރުކާރުގެ ރޭވުމެއް: އިދިކޮޅު

ޕީޕީއެމް އިން ބޭއްވޮ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމަކީ ސަރުކާރުގެ ރޭވުމެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތުހުމަތުކޮށްފިއެވެ.

މިއަދުގެ ހަމަނުޖެހުމާ ގުޅިގެން އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމަކީ އަބަދުވެސް ދުރާލާ ރާވައިގެން ކަންކަން ކުރާ ޕާޓީއެއް ކަމަށާއި އަދި ހަރަކާތެއް ހިންގަން ރާވަނަމަ އެކަން އިއުލާންކޮށް އެކަމާ ބެހޭ މައުލޫމާތުތައް ފުލުހުންނާއި ވެސް ހިއްސާކުރާ ކަމަށެވެ. އެގޮތުން މިއަދުގެ ހަމަނުޖެހުމުގައި ޕީޕީއެމްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި މިއީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

”އިންޓެލް ލިބި، މިކަން ނުހުއްޓުވުމުން އަޅުގަނޑުމެންނަށް ދެންނެވިދާނެ މިއީ ހަމަ ސަރުކާރުން ގަސްދުގައި ރާވައިގެން ހިންގާފައި އޮތް ކަމެކޭ، ޕީޕީއެމްގެ ބޮލުގައި އަޅުވަން. މިކަން ތަހުގީގު ކުރަން މިހާރުވެސް ލަސްވެއްޖެ. މިއީ ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމެއް.“

އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސަރުކާރުގެ އިންޓެލް ވަރަށް ބޮޑަށް ފެއިލްވެފައިވާކަން މިއަދު ހާމަވެފައިވާ ކަމަށާއި ނޫންނަމަ ބަޔަކަށް އެހެން ގޮސް ގަލޮޅު ދަނޑަށް ނުވަދެވޭނެކަމަށެވެ. އަދި މިއަދުގެ ހަމަނުޖެހުމަކީ ދެ އަތް އުރާލައިގެން ތިބެވޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށާއި މިކަމާ ގުޅޭ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމުން މިފަދަ ހަމަނުޖެހުމެއްގައި ބައިވެރިއެއް ނުވާނެކަމަށާއި ޕީޕީއެމް އަކީ ސުލްހަވެރި ސިޔާސީ ހަރަކާތަށް އަބަދުވެސް މަރުހަބާ ކިޔާ ބައެއްކަމަށް ފާހަގަކުރައްވާ އަބްދުލްރައްހީމް ވިދާޅުވީ ޕީޕީއެމުން އަބަދުވެސް އިސްކަންދޭނީ ގައުމުގެ ސުލްހަވެރިކަމާއި މަސްލަހަތަށްކަމަށެވެ. އަދި ރާއްޖޭގައި ފިތުނަ ފަސާދަ އުފެދޭ އެއްވެސް ކަމެއްގައި ޕީޕީއެމުން ބައިވެރިއެއް ނުވާނެކަމުގެ ޔަގީންކަން އަދުރޭ ވަނީ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: