ނެދަލެންޑު ކުންފުންޔަކުން، ދިވެހި ރާއްޖޭގައި ބިނާ ކުރުމަށް ނިންމާފައިވާ ފުލޯޓިން ސިޓީގެ މަޝްރޫއު، ދިވެހި ސަރުކާރުން ގަސްތުގައި ކުރިއަށް ދިޔަ ނުދީ ހިފަހައްޓާފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.
ނެދަލެންޑު ކުންފުންޔަކުން، ދިވެހި ރާއްޖޭގައި ބިނާ ކުރުމަށް ނިންމާފައިވާ ފުލޯޓިން ސިޓީ ބިނާ ކުރެވެމުންދާކަމަށް ބުނެ ބޭރު ހަބަރުތަކުގައި ޝާއިއުކޮށްފައިވާ ވާހަތަކަށް އިޝާރާތްކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މެސެއްޖެއް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ފުލޯޓިން ސިޓީއެއްގެ ވާހަކަ ބޭރުގެ ހަބަރު ފަތުރާ ވަސީލަތްތަކުގައި ހާމަ ކުރިނަމަވެސް، ދިވެހި ރާއްޖޭގެ އިކޮނޮމިކް ކައުންސިލުގައި، އެ މަޝްރޫޢާއި ދެކޮޅަށް ވޯޓުދީ އެކަން ވަނީ ހުއްޓުވާލައިފައިކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އެންވައިރަމެންޓް މިނިސްޓަރ އައިމިނަތް ޝައުނާވެސް ވަނީ އެ މަޝްޜޫއު ހުއްޓުވާލުމުގައި ވާގިވެރިވެފައިކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ނެދަލެންޑްގެ ކުންފުންޔަށް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ސަރުކާރުން ފަހި ނުކޮށްދިންކަމަށެވެ.
ދިވެހި ސަރުކާރުން ރާވައިގެން، ނެދަލެންޑު ކުންފުންޔަކުން ބިނާ ކުރުމަށް ކަނޑައެޅިފައިވާ ފުލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުރަށް އަޅާފައިވާކަމަށް ތުހުމަތު ކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ގަބޫލު ކުރައްވާ ގޮތުން، އެ މަޝްރޫޢު ކުރިއަށް ގެންދިޔަ ނުދީ، އެކަމަށް ސަރުކާރުން ހުރަސް އަޅާފައިވާނީ، އެ މަޝްރޫއުއަކީ، އެ މަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓަކަށް ވުމުންނެވެ.
ނެދަލެންޑު ކުންފުންޔަކުން ބިނާ ކުރުމަށް ކަނޑައެޅިފައިވާ ފުލޯޓިން ސިޓީގެ މަޝްރޫޢަށް ދިވެހި ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށް ތުހުމަތުކޮށް، އެފަދައިން ސަރުކާރުން އަމަލު ކުރަނީ، އެ މަޝްރޫޢުގައި އެމަނިކުފާނުގެ ނަން ހިމެނިފައިވާތީކަމަށް ގަބޫލުކުރައްވާކަމަށް ފާހަގަކުރައްވާ،
ރައީސް ނަޝީދު ކުރެެއްވި މެސެޖް ގައި އިތުރަށް އެ މަނިކުފާނު ވިދާޅުވީ، ނެދަލެންޑްގެ ޑަޗް ޑޮކްލެންޑްސް ކުންފުނިން އެޅުމަށް ކަނޑައެޅިފައިވާ ފުލޯޓިން ސިޓިއަކީ، ދަރަންޏެއް ނުވާ، 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްކަމަށެވެ. އަދި ސަރުކާރުން އެ މަޝްރޫއު އަތުން ބީވެދާފަދައިން ކަން ކުރަމުންދާކަމަށް ފާހަގަކޮށް ރަައީސް ނަޝީދު ވިދާޅުވީ، މިހާރު އެމަނިކުފާނު ގަސްތުކުރައްވަނީ، މަޝްރޫޢު ކުރިއަށް ނުދާ ސަބަބުތައް ޑަޗް ޑޮކްލެންޑްސް ކުންފުންޔަށް ސާފުކޮށްދީ، އެ މަޝްރޫޢު ރާއްޖޭގައި ނުހިންގޭނެ ކަމަށް ލަފާ ދިނުމަށް ކަމަށެވެ.
ޑަޗް ޑޮކްލޭންޑްސް ކުންފުޏަށް، އެ ކުންފުނިން ރާއްޖޭގައި ހިންގުމަށް ކަނޑައެޅި މަޝަރޫޢު ނުހިންގޭނެކަމަށް ރައީސް ނަޝިދު ލަފާ އަރުއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، އެ މަނިކުފާނު ދަނީ ރައީސް ސޯލިހުގެ ސަރުކާރަށް އެތައް ފާޑުކިޔުމެއް އަމާޒު ކުރައްވާމުންނެވެ. އެގޮތުން ދާދި ފަހުން، ވަޓްސެޕް ގުރޫޕުގައި އެ މަނިކުފާނާއި، ރައީސް ސޯލިހުގެ ފެކްޝަންގައި އިސްކޮށް ހުންނަވާ، އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލާއި ދޭތެރޭގައި ކުރިއަށްދިޔަ ވާހަކަތަކެއްގެ ތެރެއިން، ރައީސް ނަޝީދު ވިދާޅުވީ، އެއްޗެކޭ ބުނެގެން ސަރުކާރު ވެއްޓޭނެކަމަށް އެ މަނިކުފާނަށް ކުރެއްވޭނެ ކަމެއް ނެތްކަމަށެވެ. އަދި ރައީސް ސޯލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް އިއުލާނު ކުރެއްވުމުން، އެ މަނިކުފާނަށް ރައީސް ނަޝީދުގެ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

