ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ޕޮލިޓެކްނިކާއި، ޓްރާންސްޕޯޓާއި ދެމެދު އެއްގަމު އުޅަނދު ދުއްވުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއި ކޮށްފި

ޓްރާނސްޕޯޓް މިނިސްޓްރީއާއި، ޕޮލިޓެކްނިކާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ ހަޔާރ އެޑިއުކޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާން ދިނުމާއި، އަމަލީ ތަމްރީނުތައް ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދު އެއްބަސްވުމެއް ގާއިމު ކުރެވިއްޖެއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އަދި އަމަލީ ތަމްރީނުތައް ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ސޮއި ކުރެއްވި އިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާން ދިނުމާއި، އަމަލީ ތަމްރީނުތައް ހިންގުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދު ގާއިމު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ތިއަރީ ޓެސްޓުގެ ޚިދުމަތް މީގެ ކުރިން ވެސް ކުރިއަށް ގެންދަވަމުން ދާކަމަށެވެ. އަދި ގަރާޖުތަކުގައި ޓްރާންސްޕޯޓުން ބޭނުންވާ ފެންވަރުގެ ފުރުސަތު ޕޮލިޓެކްނިކަށް ލިބިގެންދާ ކަން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ފާހަގަ ކުރެއްވިއެވެ.

މިއެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެ ކަންކަމަކީ:

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާންދިނުން
  • އެއްގަމު އުޅަނދު ދުއްވުމާއި ގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގުން
    • ސެޓްފިކްޓް އިން ވެހިކަލް އިންސްޕެކްޝަން
    • ސެޓްފިކެޓް 3 އިން ޑްރައިވިންގ އެގްޒެމިނަރ
    • ސެޓްފިކްޓް 3 އިން ޑްރައިވިންގ އިންސްޓްރަކްޓަރ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާން ދިނުމާއި، އަމަލީ ތަމްރީނުތައް ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދު ގާއިމު ކުރެވިފައިވާ އެއްބަސްވުމުގެ ސަބަބުން ޕޮލިޓެކްނިކްގެ ޓްރަސްޓު ފަންޑަށްވެސް “ހެޔޮ ގޮތެއް” މެދުވެރިވެގެންދާކަމަށް މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އަކެމަކީ މި އެއްވަބަސްވުމުގެ ތެރެއިން ލިބިގެންދާ ބޮޑު ފައިދާއަކަށްވުމުން، އުފާވެލައްވާކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ޓްރާންސްޕޯޓު ދާއިރާއަކީ ވަރަށް ގިނަ ތަފާތު ސްކިލްސްތަކެއް އެކުލެވޭ މަސައްކަތްތަކެއް ހިމެނޭ ވުޒާރާއެއްކަމަށެވެ. އަދި އެ ވުޒާރާގައި ހިމެނޭ މަސައްކަތްތަކަކީ ސްޓޭންޑަރޑް ތަކާއި އެއްގޮތަށް ކޯސްތައް ހިންގާ ދާއިރާއަކަށް ވުމަކީ އެމަނިކުފާނުގެ ހުވަފެންފުޅެއް ކަމަށްވެސް މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާވެސް ވަނީ މި ހަފްލާގައި ވާހަކަދައްކަވާފައިއެވެ. މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ސޮއި ކުރެވުނު މެމަރަންޑަމް އޮފް އަންޑަރސްޓޭންޑިންގް(އެމްއޯޔޫ)ގެ ސަބަބުން، ޕޮލިޓެކްނިކުން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ރޯޑް ވާދިނަސް ހަދައިދިނުމުގެ ހިދުމަތް ދޭ ގަރާޖުތަކުގައި ތިބޭނީ ޕޮލިޓެކްނިކުން ޓްރެއިންވެފައި ތިބި މީހުން ކަމަށްވެސް މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ނަހުލާ ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދު ގާއިމު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ އެއް ފައިދާއަކީ، ރޯޑް ވާދިނަސް ހެދޭ ކޮންމެ ގަރާޖެއްގައި ދިވެއްސެއް ހުރުންކަމަށެވެ. އަދި އެކަމަކީ މުހިންމު ކަމެއްކަމަށް އިޝަރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ، އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ވެސް އިތުރަށް ތަނަވެސް ވެގެ ދާނެކަށާއި، ފުލުހުންގެ މުއައްސަސާއަށްވެސް ރޯޑް ވާދިނަސް ފަދަ ކަންކަން، މޮނީޓަރ ކުރުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށްވެސް މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: