ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލޯޓިން ސިޓީ ބޮޑު އޮޅުވާލުމެއް، ތިން ފަޅެއް ވަނީ ވިއްކާލާފަ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނެދަލެންޑު ކުންފުންޏަކާއި ހަވާލު ކޮށްގެން ދިވެހި ރާއްޖޭގައި ބިނާ ކުރުމަށް ނިންމާފައިވާ ފުލޯޓިން ސިޓީގެ މަޝްރޫއު އަކީ ބޮޑު އޮޅުވާލުމެއް ކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ގްލޯޓިން ސިޓީގެ މަޝްރޫއުއަކީ ރައީސް ނަޝީދުގެ ސަރުކާރުން 2011 ވަނަ އަހަރު ނެދަލެންޑުގެ ކުންފުންޏަކާއި ދިވެހި ސަރުކާރާއި ހިއްސާ ވެގެން އުފައްދާފައިވާ ޖޮއިންޓް ވެންޏާ ކުންފުންޏަކުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނެދަލެންޑުގެ ކުންފުންޏަށް ފަސް ފަޅެއް ވެސް ވަނީ ދީފައެވެ. އެގޮތުން އެ ފަޅުތައް ހިއްކައިގެން 5000 ގެ އެޅުމަށާއި ރިސޯޓު ތަރައްގީ ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ އެ މަޝްރޫއު ހުއްޓުވާފައެވެ. އެގޮތުން އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމާފައި ވަނީ ރައީސް ސާލިހުގެ ސަރުކާރުގެ އިކޮނަމިކް ކައުންސިލްއިން ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުން ރައީސް ސާލިހުގެ ސަރުކާރުން ފްލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމީ އެ މަޝްރޫއުގައި އެ މަނިކުފާންގެ ނަން ހިމެނޭތީއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތައް ދޮގު ކުރައްވައި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވީ ފްލޯޓިން ސިޓީގެ މަޝްރޫއުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފްލޯޓިން ސިޓީ ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ. އެހެން ކަމުން ފްލޯޓިން ސިޓީއެއް ވެސް އަދި އެހެން ކަމެވެސް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ދާދި ފަހުން ނެދަލެންޑުގެ ކުންފުނީގެ ފަރާތުން އިކޮނަމިކް ކައުންސިލްއަށް ހުށަހެޅި ލިޔެކިޔުންތަކާއި ޕްރޮޕޯސަލްއަށް ބަލާއިރު ފެންނަން އޮތީ އެ މީހުންގެ އަމިއްލަ އެހެން ކަންތައްތަކެއް ކަމަށެވެ. އެގޮތުން ފަޅުތައް ހިއްކައިގެން ވިއްކާލަން ނިންމާފައިވާ ކަމަށާއި އަދި ތަރައްގީ ކުރުމަށް ހުށަހަޅާ ރިސޯޓުގައި ހައުސިން ޕްރޮޖެކްޓްތަކެއް ހިމެނޭކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި އިކޮނަމިކް ކައުންސިލްއަށް ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު ގާނޫނީ އެތައް މައްސަލަތަކެއް ފެންނަން އެބަހުއްޓެވެ. އެހެން ކަމުން އެއީ ބޮޑު އޮޅުވާލުމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީ އަޅަން ނެދަލެންޑުގެ ކުންފުނިން މިހާތަނަށް ބުނަމުން އައީ އެތަން ހަގީގަތަކަށް ވާނެ ކަމަށެވެ. ފްލޯޓިން ސިޓީގެ ގެތައް އެޅުމަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. ބައިސަން މޯލްޑިވްސް އަކީ ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ.

ނެދަލެންޑު ކުންފުންޔަކުން، ދިވެހި ރާއްޖޭގައި ބިނާ ކުރުމަށް ނިންމާފައިވާ ފުލޯޓިން ސިޓީ ބިނާ ކުރެވެމުންދާކަމަށް ބުނެ ބޭރު ހަބަރުތަކުގައި ޝާއިއުކޮށްފައިވާ ވާހަތަކަށް އިޝާރާތްކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މެސެއްޖެއް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ފުލޯޓިން ސިޓީއެއްގެ ވާހަކަ ބޭރުގެ ހަބަރު ފަތުރާ ވަސީލަތްތަކުގައި ހާމަ ކުރިނަމަވެސް، ދިވެހި ރާއްޖޭގެ އިކޮނޮމިކް ކައުންސިލުގައި، އެ މަޝްރޫޢާއި ދެކޮޅަށް ވޯޓުދީ އެކަން ވަނީ ހުއްޓުވާލައިފައިކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އެންވައިރަމެންޓް މިނިސްޓަރ އައިމިނަތް ޝައުނާވެސް ވަނީ އެ މަޝްޜޫއު ހުއްޓުވާލުމުގައި ވާގިވެރިވެފައިކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ނެދަލެންޑްގެ ކުންފުންޔަށް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ސަރުކާރުން ފަހި ނުކޮށްދިންކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: