ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑަޗް ޑޮކްލެންޑަށް ފަޅެއް ދިނުމަކީ ޖަރީމާއެއް: އަލީ ހުސައިން

އަލީ ހުސައިން--
ޝެއާރކޮށްލާ ކަހަލަދޯ؟

ޑަޗް ޑޮކްލެންޑަށް ދީފައިވާ ފަޅު ވިއްކާލުމުގެ ފުރުސަތުދިން މައްސަލަ ސީރިއަސް ކޮށްބަލައި، އެކަމުން ނާޖާއިޒް ފައިދާ ލިބުނު މީހުން ގާނޫނާއި ކުރިމަތި ލާން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާރިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޓްވީޓެއް ކުރައްވާ އަލީ ހުސައިން ވިދާޅުވީ، ޑަޗް ޑޮކްލޭންޑަށް މާލެ އަތޮޅުން ފަޅުތަކެއް ދިން އިރު އެކުއިޒިޝަން ކޮސްޓެއް ނެތުމަކީ ”ބޮޑު ޖަރީމާއެއް“ ކަމަށެވެ. އަދި އެ ފަޅު އެހެން ފަރާތަކަށް ވިއްކާލުމަށް ފުރުސަތު ދިން މައްސަލަ ސީރިއަސްކޮށް ބަލައި އެކަމުން، ނާޖާއިޒް ފައިދާތަކެއް ހޯދައިދިން މީހުންނާއި ލިބުން މީހުންވެސް ގާނޫނާއި ކުރިމަތި ލާން ޖެހޭނެކަަމަށް ކެންދޫ ދާރިރާގެ މެންބަރު އަލީ ހުސެއިން ފާހަގަކުރެއްވިއެވެ.

 

ފްލޯޓިން ސިޓީއެއް ބިނާ ކުރުމުގެ ފުރަތަމަ އެއްބަސްވުން ގާއިމު ކުރެވުނީ 2010ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގައިއެވެ. 2010 ވަނަ އަހަރު ފުލޯޓިން ސިޓީއެއް އެޅުމަށް އެއްބަސް ވެވިފައިވަނީ، ޑަޗް ޑޮކްލޭންޑް ކުންފުޏާއެކު ކަމަށްވާއިރު، މަސައްކަތްތައް ކުރިއަށް ނުގޮސް އޮތުމަށް ފަހު، ހަމަ އެ ކުންފުޏާއެކު މި އެއްބަސްވުމުގައި އަލުން ސޮއި ކުރެވުނީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ތަރައްގީކުރާނެކަމަށް ބުނެފައިވާ، މި ފްލޯޓިންގ ސިޓީގައި، 5،000 ގޯއްޗާއި، ސްކޫލެއްގެ އިތުރުން ހޮސްޕިޓަލަކާއި މޯލް އަދި އޮފީސްތައް ވެސް އިމާރާތް ކުރާނެކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދުވަނީ މިކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައިއެވެ. ނަޝީދު ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށް ނުގެންދެވެނީ، ސަރުކާރުން އެކަމަށް ހުރަސް އަޅާތީކަަމަށެވެ. އަދި އެންވައިރަމެންޓް މިނިސްޓަރ އައިމިނަތް ޝައުނާވެސް ވަނީ އެ މަޝްޜޫއު ހުއްޓުވާލުމުގައި ވާގިވެރިވެފައިކަމަށް ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ގަބޫލު ކުރައްވާ ގޮތުން، އެ މަޝްރޫޢު ކުރިއަށް ގެންދިޔަ ނުދީ، އެކަމަށް ސަރުކާރުން ހުރަސް އަޅާފައިވާނީ، އެ މަޝްރޫއުއަކީ، އެ މަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓަކަށް ވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: